ނަޞޭޙަތާއި އިރުޝާދު
ކާމިޔާބު ދަރިވަރުންގެ ޗެކްލިސްޓް

ދަރިވަރުންގެ ޗެކްލިސްޓް

ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ތިރީގައިވާ ކަންކަން ތިޔަދަރިވަރުގައި ނުވަތަ ތިޔަ ބެލެނެވެރިޔާގެ ދަރިންގައި ހުރިތޯ ބަލާށެވެ.

1. އަހަރެން ސްކޫލް ނިންމާއިރު ޙާސިލުކުރަން ބޭނުންވާ ނަތީޖާ ލިޔެފައި، ފަސޭހައިން ފެންނާނެ ތަނެއްގައި ތަތްކޮސްފައި ހުންނާނެ☒☑
2. ބޭކާރު ގޮތުގައި ވަގުތުތައް ދުއްވާލުމުގެ ބަދަލުގައި، އަހަންނަށް ފައިދާހުރި ކަންކަމުގައި ވަގުތުތައް ހޭދަކުރެވޭތޯ އަހަރެން ވަރަށް ބަލަން☒☑
3. އަހަރެން ޤަބޫލުކުރާ ގޮތުގައި އިތުރަށް މަސައްކަތްކޮށްފި ނަމަ އަހަރެންގެ ނަތީޖާ މިއަށްވުރެ ރަނގަޅު ކުރެވޭނެ☒☑
4. ނޭނގޭ ބައިތައް އޮޅުންފިލުވުމުގެ ގޮތުން ސުވާލުކުރުމަކީ އަހަރެން ލަދުގަންނަ ކަމެއް ނޫން☒☑
5. އަހަރެން އެކުވެރިންނާއެކު ގްރޫޕް ސްޓަޑީ ހަދަން☒☑
6. އަހަރެން ވަރަށް ގިނައިން ޕާސްޓް ޕޭޕަރު ހަދަން☒☑
7. އަހަރެން ޓެކްސްޓް ފޮތްތައް ކިޔަން☒☑
8. ކޮންމެ މަހަކު، މަޢުލޫމާތު މުއްސަނދިކޮށްދޭ ފަދަ 1 ފޮތް ކިޔަން☒☑
9. އަހަރެން ކޮންމެ ދުވަހަކު ވެސް 5 ވަގުތު ނަމާދު ކުރަން☒☑
10. ކޮންމެ ދުވަހަކު މަދުވެގެން 15 މިނިޓް، ޤުރުއާން ކިޔެވުމުގައި ހޭދަކުރަން☒☑
11. ހެނދުނާ ހަވީރުގެ ޒިކުރުތައް ކޮންމެ ދުވަހަކު ވެސް ކިޔަން☒☑
12. ބަންގިއާއި ޤަމަތާއި ދޭތެރޭ، ވާރޭ ވެހޭ ވަގުތު، އަދި މިނޫންވެސް ދުޢާ އިޖާބަވާ ވަގުތުތަކުގައި ރަނގަޅު ނަތީޖާއެއް ދެއްވުން އެދި ދުޢާ ކުރަން☒☑
13. މިއަދު ކުރަން ޖެހޭ މަސައްކަތްތައް މާދަމާ ކުރަން ނުބަހައްޓާ، ވީހާވެސް އަވަހަށް ނިންމާލެވޭތޯ☒☑
އަހަރެން ބަލަން
14. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ކޮންމެ ކަމެއްވެސް ވީހާވެސް ރަނގަޅަށް ކުރެވޭތޯ ބަލަން☒☑
15. މައިންބަފައިންނާއި، މުދައްރިސުންނަށް ކަމޭހިތަން އަދި އެ ދެފަރާތަށް އަބަދުވެސް ހެޔޮ ދުޢާ ކޮށްދެން☑☒

0