ޚަބަރު
ކޮންމެ ދުވަހަކުވެސް ތިބާގެ މައިންބަފައިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވާފަދަ ކަމެއް ކުރެވޭތޯ ބަލާށެވެ.

ކޮންމެ ދުވަހަކުވެސް ތިބާގެ މައިންބަފައިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވާފަދަ ކަމެއް ކުރެވޭތޯ ބެލުމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. މުފުތީ މެންކް މިހެން ވިދާޅުވީ މުފްތީގެ ފޭސްބުކް ޕޭޖްގައި ޕޯސްޓެއްގައެވެ.

މުފްތީ މެންކް ވިދާޅުވީ ” ކޮންމެ ދުވަހަކުވެސް ތިބާގެ މައިންބަފައިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވާފަދަ ކަމެއް ކުރެވޭތޯ ބަލާށެވެ. އެދެމީހުން ތިބާއަށްޓަކައި ކޮށްދީފައިވާ ހުރިހާ ކަންކަމަށްޓަކައި އެމީހުންނަށް ޙައްޤުވާ ޝުކުރާއި ލޯބި ދޭށެވެ. މައިންބަފައިންނަށް އަޅާނުލާ ދޫކޮށްލާފައި އެމީހުން މި ދުނިޔެއާއި ވަކިވެ ދިއުމުން ނޫނީ އެމީހުންނަކީ ކިހާ އަގުހުރި ބައެއްކަން އިޙުސާސްވާ މީހުންގެ ތެރެއިން ނުވާށެވެ. އެ ހިތާމައިގައި ދިރިއުޅެން ޖެހޭ މީހަކަށް ނުވާށެވެ.“

Try and do something each day to bring a smile on your parents face. Show them the love and appreciation that they…

Posted by Mufti Ismail Menk on Tuesday, May 21, 2019

 

އަޅުގަނޑުމެން ދުނިޔެއަށް އުފަންވުމުގެ އަސްލުކަމުގައިވާ މައިބަފައިން އުފަލުގައި ބެހެއްޓުމަކީ ތިމާގެ ދިރިއުޅުން ބާއްޖަވެރިވުމަށް މެދުވެރިވާ ސަބަބެކެވެ. ނަމަވެސް މިދިވެހި ފަސްގަޑުން މައިބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅާލާނެ މީހަކު ނެތި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ ސެންޓަރުތަކުގައި ދުވަސް ގުނަމުންދާ އެތަކަށް ދުވަސްވީ މީހުން އުޅެމުންދާކަމީ ހިތާމަ ހުރިކަމެކެވެ.

0