ޚަބަރު
އަހަރުމެން މި ދުނިޔެ ފަހާ ދުވާފަދައިން، މަރު އަހަރެމެން ފަހާ ދުވާކަން ތިބާއަށް އެނގޭހެއްޔެވެ؟ – މުފްތީ މެންކް

އަހަރުމެން މި ދުނިޔެ ފަހާ ދުވާފަދައިން، މަރު އަހަރެމެން ފަހާ ދުވާކަން ތިބާއަށް އެނގޭތޯ؟ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. މުފުތީ މެންކް މިހެން ވިދާޅުވީ މުފްތީ މެންކްގެ ފޭސްބުކް ޕޭޖްގައި ޕޯސްޓެއްގައެވެ.

މުފްތީ މެންކް ވިދާޅުވީ ” އަހަރުމެން މި ދުނިޔެ ފަހާ ދުވާފަދައިން، މަރު އަހަރެމެން ފަހާ ދުވާކަން ތިބާއަށް އެނގޭހެއްޔެވެ؟ މިއަދު އެތައް ނަފްސެއް އަހަރެމެން ދޫކޮށް ހިނގައްޖެއެވެ. މާދަމާވެސް އެތައް ނަފްސެއް އަހަރެމެން ދޫކޮށް ދާނެއެވެ. އެންމެ ބޮޑު އެއް ޙަޤީޤަތަކީ އަހަރުމެން ދުނިޔެ ދޫކޮށް ދާންޖެހޭ ވަގުތު އަހަރެމެންނަށް ނޭނގޭކަމެވެ. އެހެންކަމުން އުޚްރަވީ ޙަޔާތަށް ތައްޔާރުވަމާ ހިނގާށެވެ. އަބަދުވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަންމަތީގައި ދެމި ތިބެމާ ހިނގާށެވެ. އެކަލާނގެ މަގަށް ރުޖޫޢަވަމާ ހިނގާށެވެ.“

މުފްތީ މެންކް ފޭސްބުކްޕޭޖްގައި މަރު ހަނދާންކޮށް ދެއްވިއިރު ވޭތުވެދިޔަ ދުވަސްތަކުގައި ކުއްލި މަރުގެ އެތަކަށް ހާދިސާތަކެއްވަނީ ރާއްޖޭގައި ހިގަފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ނަމާދަށް ހުއްޓާ ވެއްޓުނު 44އަހަރުގެ ފިރިހެނެއްވަނީ ހޮސްޕިޓަލަށް ގެންދިޔަތަން ކުޑަ އިރުކޮޅެއްތެރޭގައި ނިޔާވެފައެވެ.

0