ޚަބަރު
ޝައިޠާނާ އަބަދުވެސް މަސައްކަތްކުރަނީ އަހަރެމެން ސީދާ ތެދުމަގުން އެއްކިބާކުރުމަށް – މުފުތީ މެންކް

ޝައިޠާނާ އަބަދުވެސް މަސައްކަތްކުރަނީ އަހަރެމެން ސީދާ ތެދުމަގުން އެއްކިބާ ކުރުމަށްކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. މުފުތީ މެންކް މިހެން ވިދާޅުވީ މުފްތީގެ ފޭސްބުކް ޕޭޖްގައި ޕޯސްޓެއްގައެވެ.

މުފްތީ މެންކް ވިދާޅުވީ ”ޝައިޠާނާ އަބަދުވެސް މަސައްކަތްކުރަނީ އަހަރެމެން ސީދާ ތެދުމަގުން އެއްކިބާކުރުމަށެވެ. އެހެންކަމުން އަބަދުވެސް އެ ޝައިޠާނާއާމެދު ފާރަވެރިވާން ޖެހޭނެއެވެ. ޝައިޠާނާއާއި އޭނާގެ އަޢުވާނުންގެ މަޅިތަކުގައި ތިބާ ނުޖެހޭށެވެ. އެ ބައިގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ތިބާ މާޔޫސްކޮށްލުމަށެވެ. އަބަދުވެސް ތައުބާވުން މަތީގައި ދެމިހުންނާށެވެ. އިލާޙީ ރަޙްމަތާއި ފުއްސެވުން އަބަދުވެސް ތިބާއަށް ލިބޭނެކަން ޔަޤީންކުރާށެވެ.“

https://www.facebook.com/59816241970/posts/10156905614211971/

 

ޝައިތާނާއަކީ އަހަރެމެންގެ އެންމެ ބޮޑު ދުސްމަނުކަމުގައިވާ ބަލަންޖެހެނީ މަތީގައިވާ ސަބަބުތަކަށް ޓަކައެވެ. އެހެންކަމުން ސީދާ ތެދުމަގު ހޯދުމަށްޓަކައި ޝައިތާނާއަށް ފާރަވެރިވުމަކީ ވަރަށް ބޭނުންތެރި އަދި އެހާމެ މުހިއްމު ކަމެކެވެ.

1