ނަޞޭޙަތާއި އިރުޝާދު
އެމީހަކު މިނާ ނާޅިއަކުން އެމީހަކާއިމެދު މިނޭނެއެވެ.

އަހަރެންގެ ބައްޕައަކީ އިމާމެކެވެ. ލިބޭ މަދު ފައިސާކޮޅުން ފުދެނީ ހަމަ ކިރިޔާއެވެ. ދުވަހަކުވެސް ގާލްފްރެންޑް ގުޅުމެއް ނުބާއްވަވަމެވެ. ސިނަމާއަކަށް ނައިޓް ކްލަބަކަށް ނުދަމެވެ. ދުންފަތުގެ އިސްތިޢްމާލް ކުރުން ފަދަ ކަމެއް ވެސް ނުކުރަމެވެ.

އަހަރެންގެ ބައްޕަ އަހަރެން ބޮޑުކުރީ ވަރަށް ދަތިހާލުގައެވެ. ނަމަވެސް ނަމާދުކުރުމާއި ކީރިތި ޤުރްއާނުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަކީ ޙާފިޛަކީމެވެ. އެއިރުގެ އެންމެ މަޝްހޫރު ޙާފިޛުން ކިޔަވާ ވިދާޅުވާ ރާގުތައް ދަސްކުރީމެވެ. ސްކޫލުގައި ކިޔެވި ދުވަސްވަރު 1،2،3 ނޫން ވަނައެއް ދުވަހަކުވެސް ނުލިބެއެވެ.

އަހަރެން ހައިސްކޫލް ފުރިހަމަކުރީ ކްރިސްޓިއަން ކޮލެޖަކުންނެވެ. އިސްލާމީ ތަޢްލީމް ޙާޞިލުކުރީ މަދީނާއިންނެވެ. މިއީ ﷲ ތަޢާލާ އަހަރެންގެ އެ އުމުރުގެ ކަންކަން ތަދްބީރު ކުރެއްވެވި ގޮތެވެ.

އަހަރެން ކުޑައިރު އަހަރަކު ލިބެނީ އެންމެ ހެދުމެކެވެ. އެއީ ޢީދަށެވެ. އަހަރެމެންގެ ޢާއިލާގައި 9 ބެއިން ހިމެނެއެވެ. ބައެއް ކުދިންނަކީ ވިޔަފާރިކުރާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ދީނަށް ގޮވައިލުމުގައި އުޅޭ ކުދިންނެވެ. ޢާއިލާގެ ކަންކަން ރޭވިފައި އޮތް ގޮތުން ވިޔަފާރިކުރާ ކުދިން ދަޢްވާ ފަތުރާ ކުދިންނަށް މާލީ ގޮތުން އެހީތެރިވެއެވެ.

އަހަރެންނަކީ އެއްވެސް ޤައުމަކުން ނުވަތަ އެއްވެސް ޖަމާޢަތަކުން އެއްވެސް ފައިސާއެއް ލިބޭ މީހެއް ނޫނެވެ. އަހަރެންނަކީ އެއްވެސް ތަނަވަސްކަމެއް ހުރި މީހެއް ވެސް ނޫނެވެ. ލިބޭ އެއްޗެއް ލިބެނީ ޢާއިލާއިންނެވެ.

ދައްވާ ފެތުރުމަކީ ފައިސާ ހޯދަން އުޅުމަށްވުރެ މާ މުހިންމު ކަމެކެވެ. އަހަރެންގެ ޖަމިއްޔާއަށް އެހީތެރިކަމެއް އެދި އެއްވެސް މީހެއްގެ ގާތު ދުވަހަކުވެސް ބުނެފައެއް ނުވާނެއެވެ. ނަމަވެސް މިހާރު ވަރަށް ގިނަ ބައެއްގެ ހިތްހެޔޮކަން ދަނީ ލިބެމުންނެވެ. ނަމަވެސް މިއަދު އެއީ ވަރަށް ބޮޑު ޖަމިއްޔާއެކެވެ. 52 މަދަރުސާ، މިސްކިތް އެޅިއްޖެއެވެ. 2000 އަށްވުރެ ގިނަ ދަރިވަރުންނަށް އެބަ ކިޔަވައިދެމެވެ. މިއީ ފަޤީރުކުދިންނެވެ. އެހެންކަމުން އެއްވެސް ފީއެއްވެސް ނުނަގަމެވެ.

1