ނަޞޭޙަތާއި އިރުޝާދު
ޞަދަޤާތުގެ ބަދަލު ލިބުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

މިރޭ އޮތް އިޙްޔާ ފޯރަމް ނިމިގެން ނިކުތް ގަޑީ ރައްޓެއްސަކާ ދިމާވިއެވެ. ދެއްކި ވާހަކަތަކުގެ ތެރެއިން މިފަދަ ރަމަޟާން މަހެއްގައި ހިނގާދިޔަ ހާދިޘާއެއް އޭނާ ކިޔާދިނެވެ.
އެއީ މީގެ 6 އަހަަރު ކުރިއެވެ. މިފަދަ ރަމަޟާން މަހެއްގެ ދުވަހެކެވެ. ނަމާދުކޮށް ނިމިގެން އޮފީހާ ދިމާއަށް ދިޔަ ގަޑީ ފަހަތުން މީހަކު އެބަ އާދެއެވެ. މިސްކިތާ އޮފީހާ މާ ދުރުނޫން ކަމުން ހިނގާލާފަ ދެވޭ ވަރުވެއެވެ. ކޮންމެ އަކަސް އެމީހަކު އޭނާގެ ފަހަތުން އަންނާތީވެ އެމީހާގެ ކައިރީ ކިހިނެތް ވީތޯއޭ އަހާލީމާ ބުނީ ތިމަންނަ ވަރަށް ދަތިކޮށް އުޅޭތީވެ އެހީއެއްވެ ދިނުމަށެވެ. ކަން ދިމާކުރި ގޮތުން އެވަގުތު އޭނާގެ އަތުގައި އޮތީ ހަމައެކަނި 500 ރުފިޔާއެވެ. އެއީ އޭނާވެސް ހަމަ ވަރަށް ދަތިކޮށް އުޅެމުން ދިޔަ ދުވަސްކޮޅެކެވެ. ކޮންމެ އަކަސް އެމީހެއްގެ ހާލަތު އޭނާގެ ހާލަަތައް ވުރެ މާ ބޮޑަށްވެސް ދަތިކަން ދެއްކި ވާހަކައިން އެނގެއެވެ. އެހެން ކަމުން އޭނާ ﷲ އަށްޓަކައި އެ 500 ރުފިޔާ އެމީހަކަށް ޞަދަޤާތުގެ ގޮތުގައި ދިނެވެ.
ހާދިޘާގެ 2 ދުވަސް ފަހެވެ. އިސްލާމިކް މިނިސްޓްރީން ރޯދަ މަހު ބޭއްވި އިޙްޔާ ފޯރަމަކަށް އޭނާ ދިޔައެވެ. ދަރުސަށް ފަހު މިއަދެކޭ އެއްފަދައިން ގުރުއަތުން ހޮވޭ ފަރާަތްތަކަށް ފައިސާގެ އިނާމް އަދި ފިޤުހުއްސުންނާ ފަދަ ފޮތްތައް ދެއެވެ. ކޮންމެ އަކަސް އެރޭ ނެގި ގުރުއަތުން ފައިސާގެ އިނާމް ލިބުނީ އޭނާއަށެވެ. ސުބުޙާނަﷲ !
ﷲ ގެ މަގުގައި 500 ރުފިޔާ ހޭދަކުރުމުން އޭގެ ބަދަލެއްެގެ ގޮތުގައި 1000 ރުފިޔާ އޭނާއަށް އެއިލާހު ދެއްވިއެވެ.
ތެދެކެވެ. ﷲ ގެ މަގުގައި ހޭދަކޮށްގެން މުދާ މަދެއް ނުވާނެއެވެ !
Donate and earn immense reward.
By making a transfer to any of the following accounts, you can donate to ILM too.
ILM USD 7770000025358
ILM MVR 7770000025357

0