ހެޔޮމީހުންނީ ކޮބައިތޯއެވެ؟ ހެޔޮމީހަކަށް ވާނީ ކިހިނެއްތޯއެވެ؟ ހެޔޮމީހަކަށްވާން ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟ އާދޭހެވެ. ހެޔޮމީހުންނީ ކޮބައިކަން ކީރިތި ޤުރުއާނުގައި ﷲ ޞުބްހާނަހޫ ވަތަޢާލާ ބަޤަރާ ސޫރަތުގައި ވަޙީކުރައްވާފައިވާ 177 ވަނަ އާޔަތުން ބަލާލަމާތޯއެވެ.
﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ﴾
ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ….
- مَنْ آمَنَ (އީމާންވި މީހާއެވެ)
- بِاللَّـهِ (اللَّه އަށާއި)
- وَالْيَوْمِ الْآخِرِ (آخرة ދުވަހަށާއި)
- وَالْمَلَائِكَةِ (ملائكة ންނަށާއި)
- وَالْكِتَابِ (ފޮތަށާއި)
- وَالنَّبِيِّينَ (ނަބިއްޔުންނަށް)
- وَآتَى الْمَالَ عَلَىٰ حُبِّهِ (އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، މުދާ ހޭދަކުރި މީހާއެވެ).
- ذَوِي الْقُرْبَىٰ (ގާތްތިމާގެ މީހުންނަށާއި)
- وَالْيَتَامَىٰ (يتيم ންނަށާއި)
- وَالْمَسَاكِينَ (مسكين ންނަށާއި)
- وَابْنَ السَّبِيلِ ((حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި)
- وَالسَّائِلِينَ (އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި)
- وَفِي الرِّقَابِ (އަޅުން މިނިވަންކުރުމުގައި)
- وَالصَّابِرِينَ (ކެތްކުރާ މީހުންނެވެ)
- فِي الْبَأْسَاءِ (ތަދުމަޑުކަމާއި)
- وَالضَّرَّاءِ (ބަލިމަޑުކަމާއި)
- وَحِينَ الْبَأْسِ ۗ (ހަނގުރާމައިގެ ވަގުތުގައި)
﴿أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ﴾
ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ.
ހެޔޮކަމަކީ ކޮބައިކަން މިހާރު އެގިއްޖެތޯއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނީ ހެޔޮކަންތައްތައްކުރާ، ހެޔޮ ބަޔަކުކަމުގައި ލެއްވުމެވެ. އާމީން!