އެކަހެރިވާ ވަގުތު ﷲ ހަރާމް ކުރެއްވި ކަންތައްތަކަށް އަރައިގަންނަނަމަ އޭނާ ކުރި ނަމާދާއި ދިން ޒަކާތާއި ކުރި ހައްޖުގެ އަސްލު ޙަޤީޤީ މަންފާއެއް ނޯންނާނެ ކަމަށް އައްޝެއިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ ރަމަޟާންމަހަށް ޚާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީއިން އިސްލާމީ މަރުކަޒުގައި 11 މެއި 2019 ވަނަ ދުވަހު އަޞްރު ނަމާދަށްފަހު ދެއްވި ދަރުސްއެއްގައެވެ.
ޝެއިޚް ވިދާޅުވީ “ ﷲ ސުބާޙާނަހޫ ވަތާޢާލާ ހަރާމްކުރެއްވި ކަމަކާއިއެކު ތިޔަބައިމީހުން އެކަހެރިވެއްޖެނަމަ އެހަރާމް ކަމަކަށް އެބައިމީހުން އަރައި ގަންނާނެއެވެ. ކޮބައިތޯ؟ އޭނާ ކުޅަ އަމަލުތަކުގެ ފައިދާ އޭނާ ކުޅަ ނަމާދު ފައިދާ ކޮބައިތޯ އޭނާ ދިން ޒަކާތާއި ކުރި ހައްޖުގެ ފައިދާ ކޮބައިތޯ؟ އެކަނިވެރިވާ ކޮންމެ ހިދެއްގައި މީސްތަކުންގެ ލޯމަތިން އެކަހެރިވާ ކޮންމެ ހިދެއްގައި އޭނާ އަށް އޭނާގެ ނަފްސް ﷲ ބައްލަވާ ވޮޑިގެންވާތީ މައިތިރި ނުކުރެވޭ ކަމުގައިވާނަމަ އަދި އެއީ އޭނާގެ އާދައެއް ކަމުގައިވާނަމަ އޭނާ ކުޅަ ހެޔޮ އަމަލު ތަކުގެ އަސްލު ހަޤީޤީ މަންފާއެއް އޭނާއަކަށް ނޯންނާނެއެވެ.“
އިތުރަށް ޝެއިޚް ވިދާޅުވީ “ މީހާގެ އަސްލު ހަޤީގަތަކީ ﷲ އާއި އޭނާއި އެކަހެރި ވާވަގުތު އޭނާގެ ތަޤްވާވެރިކަމެވެ. ތަޤްވާވެރިކަން ނެތްނަމަ އެފަދަ އިމްތިޚާނުތަކާއި އަޅުގަނޑުމެންނާއި ކުރިމަތިވާ ހިނދުގަ، އެ އިމްތިޙާނު ކުރިމަތީގައި އަޅުގަނޑުމެންނަށް ޘާބިތު ނުވޭނަމަ އަޅުގަނޑުމެންގެ ނަފުސް މުރާޖާކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިކަން އިތުރުކުރަން އެބަޖެހޭ ކަމުގައެވެ.“
https://www.facebook.com/minislamicaff/videos/2513400745339030/