ޚަބަރު
ރޯދަމަސް ނިމެންދެން މުދަލުގެ އަގުއެންމެ ހެޔޮއަގުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވަން – ހެޕީމާރކެޓް

ރޯދަމަސް ނިމެންދެން މުދަލުގެ އަގުއެންމެ ހެޔޮއަގުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވާކަމުގައި ހެޕީމާރޓްގެ ސީއީއޯ އަލީ އިޙްސާން ބުނެފިއެވެ. ސީއީއޯ އެކަން ހާމަކޮށް ފައިވަނީ ހެޕީމާރޓްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

ސީއީއޯ ބުނެފައިވަނީ ”މިކަމުން ރައްޔިތުންނަށް ދިމާވާނެ ދަތިކަން އިހުސާސްވާ ހާލު، އަޅުގަނޑުމެންގެ ކުންފުނިން ވިއްކަމުންދާ ހުރިހާ މުދަަލެއްގެ އަގު ރޯދަ މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަން“

އިތުރަށް އިޙްސާން ބުނެފައިވަނީ “ ރޯދަ މަހަކީ ބައެއް ބާވަތްތަކުގެ ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވުމުން ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ކޮންމެ ރޯދަ މަހަކުވެސް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ އަގު މިއަހަރުގެ ރޯދަ މަހާއި ގުޅިގެން އުފުލެމުންދާކަން ފާހަގަކުރެވެއެވެ.“

ސީއީއޯ އިޙްސާން ނެރެފައިވާ ބަޔާން ނިންމަވާ ލައްވަމުން ވިދާޅުވީ ”މިގޮތަށް އެހެން ވިޔަފާރިވެރިން ވެސް އަމަލުކޮށްދެވެން އޮތްނަމަ އެކަން އެގޮތަށް ކޮށްދެއްވުމަށް އެދި ދަންނަވަމެވެ.“

 

https://www.facebook.com/430185490340099/posts/2993936207298335/

 

0