ރަމަޟާން
މިރުސް ގަސް ހައްދާނެގޮތް

މިރުސް ގަސް ހައްދަން ރަނގަޅީ ކާނާ އެކުލެވޭ ކަޅުފަހެވެ. މިރުސް އޮށް ފަޅާނީ އިންދާތާ 5 ދުވަހާއި 10 ދުވަހާއި ދެމެދުއެވެ. ގަސްތައް ރުވާނީ 4 ނުވަތަ 5 ފަތްވުމުންނެވެ. ރަނގަޅަށް ހެދޭ ގަހެއް ނަމަ ދޮޅު މަހާއި 3 މަސް ދުވަހުގެ ތެރޭގައި ފޯދޭނެއެވެ. ނަމަވެސް އެކިވައްތަރުގެ މިރުސް ފޯދުމުގައި ތަފާތުތަކެއް ހުރެއެވެ. މިރުސް ގަސް ރަނގަޅަށް ހެދެނީ އަވި ލިބޭ ހިސާބުގައެވެ. މިރުސް ގަހަކީ ފެން ގިނަ ވެއްޖެނަމަ، އޭގެ މޫތައް ކުނިވެ، ގަސް މަރުވާ އެއްޗެކެވެ. ގަސް ހެދެމުން ދާއިރު ކޮންމެ ދެ މަހަކުން އެއް ފަހަރު ކާނާ އަޅަންޖެހޭނެއެވެ. މިކަމަށް އެންމެ ރަނގަޅީ އަޅި،ފަތް،މަސް ކުޑި ފާޑުގެ ތަކެތި އެއްކޮށްގެން ތައްޔާރުކުރާ ކާނާއެވެ. ގަހުގައި މިރުސް ދޮންކޮށްފައި ނުބަހައްޓާ، ރިއްސެޔޮ ލުމުން މިރުސް ބިނުން ރަނގަޅެވެ.

 

މަޞްދަރު: ދަރުމަ

6