ރަމަޟާން
ޢިބްރަތްތެރި ވާހަކަ: ޓްވިޓަރޭ

ޢުމަރު ޙުސައިން ( އާންމު ނަމުން ނަމަ ޓްވިޓަރޭ ) އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާސިލުކުރަމުން އަންނަ ޒުވާނެކެވެ. މީސްމީޑިއާއަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ ޒުވާނެކެވެ. ދުވަސް ފަށަނީ ޓްވިޓަރ އިންނެވެ. ދުވަސް ނިންމަނީ ޓްވިޓަރއިންނެވެ. ފޭސްބުކާއި އިންސްޓަގްރާމްގައި 3 ގަޑި އިރުވަރު ހޭދަނުކުރާ ދުވަހެއް ނުދެއެވެ. ޓްވިޓަރޭގެ ޖީ.ޕީ.އޭ ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މިއީ ޓްވިޓަރޭގެ އެންމެ ބޮޑު ބޮލުރިހުމެވެ.

އެއްދުވަހެއްގެ ހަވީރެވެ. އާދައިގެ މަތިން ޓްވިޓަރޭ ރަސްފަންނަށް ދިޔައެވެ. ރަސްފަންނަށް ދެވުނުތަނާ ޝިހާބާ ދިމާވެއްޖެއެވެ. ޝިހާބަކީ ވެސް ޓްވިޓަރޭގެ އުފަން ރަށްކަމުގައިވާ ދ. މީދޫ ޒުވާނެކެވެ. ޝިހާބަކީ ކިޔެވުމަށް މޮޅުކުއްޖެކެވެ. މުޅި އަތޮޅުގައި ނަން ވިދާލާފައިވާ ޒުވާނެކެވެ. ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއިން މާސްޓަރސް ޑިގްރީއަށް ކިޔަވަމުންދާ ޝިހާބު، ޓްވިޓަރޭއަށް ކޮފީއަކަށް ދަޢުވަތުދިނެވެ. އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ޓްވިޓަރޭގެ ކިޔެވުމާ ބެހޭގޮތުން ޝިހާބު ސުވާލުކޮށްލިއެވެ. ޓްވިޓަރޭގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވެފައިވާކަން އެނގުމުން ޓްވިޓަރޭ ވަރަށް ކަންބޮޑުވިއެވެ. އެއްރަށުގެ ދެމީހުން ކަމުން ޝިހާބު މާގިނަ ސުވާލެއް ނުކުރެއެވެ. ޝިހާބު އެދުނީ އެންމެ ކަމަކަށެވެ. ހަފްތާ ބަންދުގައި އޭނާއާއެކު ކާށިދޫއަށް ދިޔުމަށެވެ. ކާށިދޫއަކީ ޓްވިޓަރޭ އެންމެ ދާހިތްވާ އެއް ރަށްކަމުން، މި ދަތުރު ދިޔުމަށް، ލަހެއް ފަހެއްނެތި ޓްވިޓަރޭ އެއްބަސް ވިއެވެ. ބުރާސްފަތި ދުވަހުގެ ހަވީރެވެ. ޓްވިޓަރޭއާއި ޝިހާބު ތިބި ލޯންޗު ކާށިދޫއަށް ލަފައިފިއެވެ. ކާށިދޫއިން ޓްވިޓަރޭމެންނަށް މަރުޙަބާ ކީ ޖާސިމްއެވެ.

ޖާސިމްއަކީ ޝިހާބުގެ ދުވަސްވީ ރައްޓެއްސެކެވެ. ނަމަވެސް ޓްވިޓަރޭއަށް މުޅިން އާ މޫނެކެވެ. ޖާސިމްގެ ކާމިޔާބީތަކުގެ ވާހަކަ ލޯންޗުމަތީގައި ޝިހާބު ޓްވިޓަރޭއާ ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ. އެމް.އެން.ޔޫއިން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މާސްޓަސް ޑިގްރީ ހަދާފައިވާ ޖާސިމްއަކީ އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާއެވެ. އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ، 2 ކުދިންގެ ޒިންމާދާރު ބައްޕައެކެވެ. ޓްވިޓަރޭމެން ތިބުމަށް ހަމަޖެހިފައިވާ ގެއަށް ލުމަށްފަހު ޖާސިމް މިސްރާބުޖެހީ އޭނާގެ ބުކްޝޮޕާ ދިމާއަށެވެ. އެރޭގެ ކެއުމަށް އެ ގެއަށް ދިޔުމަށް ޝިހާބާއި ޓްވިޓަރޭއަށް ދަޢުވަތުދިނުމަށް ފަހުގައެވެ.

ހުކުރުވިލޭރޭގެ 8.30 ހާއިރު ޓްވިޓަރޭއާއި ޝިހާބު، ޖާސިމްމެންގެ ގެއަށް ދިޔައެވެ. މީރު ދިވެހިކެއުމަކަށްފަހު، ތިން އެކުވެރިން ޖާސިމްގެ ބުކްޝޮޕް ބަލައިލަން ދިޔަ މަގުމަތީގައި ޓްވިޓަރޭ ޖާސިމްއާ ވަރުގަދަ ސުވާލެއް ކުރިއެވެ. ކާށިދޫއަށް އާދެވުނީއްސުރެ، ޖާސިމްއާ ކުރަން ހިތުލައިގެން ހުރި ސުވާލެކެވެ. “ އާއިލީ ޒިންމާއާއި، ސަރުކާރު ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވިޔަފާރީގެ ކަންކަމަށް ޖާސިމް ވަގުތުހޯދަނީ ކިހިނެއް ހެއްޔެވެ؟ “ މި ސުވާލަށް ޓްވިޓަރޭއަށް ލިބުނީ އުންމީދުކުރި ފަދަ ޖަވާބެއް ނޫނެވެ. ޖާސިމް ބުންޏެވެ. “ މާދަމާ ހަވީރު ތިޔަ ސުވާލަށް ޖަވާބެއް ދޭނަމެވެ. އިންތިޒާރުކޮށްލާށެވެ. “

ހުކުރު ދުވަހުގެ ހަވީރު ވަގުތާ ޖެހެންދެން ޝިހާބާއި ޓްވިޓަރޭ، ރަޙުމަތްތެރިންނާ ބައްދަލުކުރުމާއި، ރަށުތެރެ ބެލުމުގައި އަވަދިނެތި އުޅުމަށްފަހު، ހަވީރުވުމުން ޖާސިމްމެންގެ ގެއަށް ދިޔައެވެ. އެދެމީހުން ގޮވައިގެން ޖާސިމް މިސްރާބުޖެހީ ޖާސިމްގެ ބައްޕަގެ ދަނޑަށެވެ. އެދަނޑުގެ ޖިފުޓިގަނޑު ކައިރީގައި ހުރި އައްޓެއްގެ މަތީގައި ހުސް މަސްޓޭންކެއް ހުއްޓެވެ. މި މަސްޓޭންކު ކައިރީގައި ގާފުންޏަކާއި ކުޑަވަރެއްގެ ވެލިބަސްތާއެއް އޮތެވެ. ޖިފުޓިގަނޑުގެ ކައިރިއަށް ދެވުމާއެކު ޖާސިމް، ވެލި ބަސްތާ މަސްޓޭންކަށް އަޅައި ހުސްކޮށްލިއެވެ. ވެލިބަސްތާ ހުސްކޮށްލުމުން މަސްޓޭންކު މުޅިންހެން ފުރިއްޖެއެވެ. އެއަށްފަހު ޓްވިޓަރޭ ގާތުގައި ޖާސިމް ބުންޏެވެ. ޓޭންކުގައި ނުފުރި ހުރި ބައި، ގާފުނިން ގާއަޅައި ފުރާލާށެވެ. ޓްވިޓަރޭ އެތަނުން ހައެއްކަ ގާ، ޓޭންކަށް ލުމާއެކު މަސްޓޭންކު ފުރިއްޖެއެވެ. “ އެހެން ގޮތަކަށް ޓްރައި ކުރަމާ “ މިހެން ބުނެފައި ގާތައް ނަގައި، މަސްޓޭންކުގައި ހުރި ވެލިތައް، ބަސްތާއަށް އަޅައިލިއެވެ. މިފަހަރު ޖާސިމް އެންމެ ފުރަތަމަ ޓޭންކަށް އަޅަންފެށީ ގަލެވެ. ދޮޅަހަކަށް ގާ މަސްޓޭންކަށް ލުމަށްފަހު، ވެލިބަސްތާ މަސްޓޭންކުގެ ތެރެއަށް ހުސްކޮށްލިއެވެ.

ޓްވިޓަރޭ ބުންޏެވެ. މިކަމާއި އަހަރެން ރޭގައި ކުރި ސުވާލާއި ގުޅެނީ ކިހިނެއް ހެއްޔެވެ؟ ޖާސިމް ޖަވާބު ދިނެވެ. މަސްޓޭންކަކީ ފުރޭ އެއްޗެކެވެ. ހަމައެގޮތަށް ތިބާއަށް ލިބިފައިވާ ވަގުތަކީވެސް ވަކި ހައްދެއް ކަނޑައެޅިފައިވާ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ތިބާއަށް ލިބެނީ 24 ގަޑި އިރެވެ. ވެއްޔަކީ ބޭކާރު ކުދި ކުދި ކަންކަމެވެ. ގާތަކަކީ ތިބާ ކުރަންޖެހޭ މުހިއްމު ކަންކަމެވެ. އަބަދުވެސް މުހިއްމުކަންކަން އިސްކުރާށެވެ. ހޯމްވޯކު ހަދަންޖެހޭ ގަޑީގައި ހޯމްވޯކް ނަހަދާ، މީސްމީޑިއާ ބެލުމުގައި ދުއްވާލާނަމަ، ތިބާގެ އުފެއްދުންތެރިކަން ކުޑަވާނެއެވެ. ޓްވިޓަރޭ ބުންޏެވެ. މިހާރު ވިސްނިއްޖެއެވެ. އެ ދުވަހަށްފަހު، މީސްމީޑިއާ ބޭނުންކުރުން ވަރަށް ބޮޑަށް މަދު ކޮށްލިއެވެ. އުފެއްދުންތެރި ގޮތުގައި ވަގުތުތައް ހޭދަކުރުމަކީ މިހާރު ޓްވިޓަރޭގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ކިޔެވުމުގައި ގިނަ ވަގުތުތައްް ހޭދަކުރަންފެށި ފަހުން ޓްވިޓަރޭގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެއްޖެއެވެ.
ޝެހާބް : ވަރަށް އަޖައިބު ކަމެއްދޯ!.
މެޝާރީ: އާން!. ވަރަށް އަޖައިބު!. ހީވަނީ ޖާދޫއެއް ހެން.
މިއެކްސްޕެރިމަންޓްގެ މަޤްޞަދަކީ ކޮބާ؟
ޝެހާބް: އަހަރެން ކިޔާދޭނަން. މިބިއްލޫރި ތަށި ރަމްޒުކޮށްދެނީ، މިދުނިޔޭގައި އަހަރެމެންންނަށް ލިބިފައިވާ ވަގުތު. މިތައްޓަށްވެސް އެއްޗެހި އެޅޭނީ ވަކި މިންވަރަކަށް. ހަމައެފަދައިން، އަހަރެމެންނަށް މިދުނިޔޭގައި، ވަގުތު ލިބިފައިވަނީ ވެސް ވަކި މިންވަރަކަށް. މިތަށީގައި ހުރި ބޮޑެތި ގާތައް ރަމްޒުކޮށްދެނީ، އަހަރެމެންގެ ދިރިއުޅުމުގައި ހުރި މުހިންމު ކަންތައްތައް. އެކަންތައްތަކަކީ، އަހަރެމެންގެ ކާމިޔާބަށާއި އުފަލައްޓަކައި ހާސިލް ކުރަންޖެހޭ ކަންކަން. މިސާލަކަށް، މިގާކޮޅު ރަމްޒުކޮށްދެނީ ކިޔެވުން، އަނެއް ގާކޮޅު ރަމްޒުކޮށްދެނީ އަޅުކަން، ދެންއޮތް ގާކޮޅު ރަމްޒުކޮށްދެނީ އާއިލީ ޒިންމާތާއް…މިގޮތަށް އެކިގާކޮޅުތައް އެކިކަންކަމެވެ. މިކަންކަމަކީ، މުހިއްމު ކަންތައްތައް ކަމަށް ވީމާ، އެހެންއެއްވެސް ކަމެއް ކުރުމުގެ ކުރިން، މިކަންކަން ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އިސްކަންދޭންޖެހެއެވެ. މީގެ މާނައަކީ، އަހަރެމެންނަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ތަށީގެ ތެރޭގައި ހުރި ބޮޑެތި ގާކޮޅުތަކަށް ޖާގަ ދިނުމެވެ.

މެޝާރީ: އަހަރެންނަށް އޮޅުންފިލައިފި. އެކަމަކު އަދި ބުނެދީފާނަންތަ، މިވެލިކޮޅު ރަމްޒުކޮށްދެނީ ކޮންއެއްޗެއް؟.
ޝެހާބް: މިވެލިކޮޅު ރަމްޒުކޮށްދެނީ، އެހާ މުހިންމުނޫން ކަންތައްތަކެވެ. މިސާލަކަށް، ސޯޝާލް މީޑިޔާގައި ގިނަވަގުތު ހޭދަކުރުން، މާގިނައިން ނިދުން، ކުޅުންފަދަ ކަންކަމެވެ.
މެޝާރީ: އާން!. އެހެންވީމާ، މިތަށި ރަމްޒުކޮށްދެނީ މިދުނިޔޭގައި، އަހަރެމެންނަށް ލިބިފައިވާ މަދުވަގުތުކޮޅެވެ. އަދި މިތަށި ތެރޭގައި ހުރި ބޮޑެތި، ގާތައް ރަމްޒުކޮށްދެނީ އެންމެ މުހިންމު ކަންތައްތައް، އަދި ވެލި ރަމްޒުކޮށްދެނީ، އެހާ މުހިންމުނޫން ކަންތައްތައް. މިހާރު އޮޅުންފިލައިފި.
ޝެހާބް: މިވާހަކައިން ލިބިދޭ މައިގަނޑު މެސެޖަކީ، ތިމާގެ ވަގުތު ހޭދަކުރުމުގައި، އެންމެ މުހިންމު ކަންތައްތައް ކުރުމަށް އިސްކަންދޭށެވެ. އަދި، އެހާ މުހިންމުނޫން ކަންތައްތައް ކުރުމުގައި އަވަދިނެތިގެންގޮސް ވަގުތުނެތްކަމުގައި ހީވެ، އެންމެ މުހިންމު ކަންތައްތައް ކުރުން ފަސްނުކުރާށެވެ. ފުރަތަމަ އެކްސްޕެރިމަންޓް ދައްކުވައިދިނީ މިކަމެވެ. އެންމެ މުހިންމު ކަންތައްތައް ކުރުން(ބޮޑެތި ގާތައް) ފަސްކުރުމަށްފަހު، އެހާ މުހިންމުނޫން ކަންތައްތައް ކުރުމަށް ވަގުތު ހޭދަކުރާނަމަ، އެންމެ މުހިންމު ކަންތައްތައް ކުރުމަށް ވަގުތެއް ނޯންނާނެއެވެ. އެހެން ނަމަވެސް، ބޮޑެތި ގާތަކަށް، އެކަންކަން ކުރުމަށް އެހެންއެއްވެސް ކަމަކަށްވުރެން އިސްކަންދީ ވަގަތު ހޯދާކަމުގައިވާނަމަ، ދިރިއުޅުމުގައި ކާމިޔާބުވާނެއެވެ. އަދި އެއިގެ އިތުރުން، ވެލި ރަމްޒުކޮށްދޭ ކަންކަން ކުރުމަށްވެސް ވަގުތުވާނެއެވެ.
މެޝާރީ: އަހަރެންނަށް ސާފުވެއްޖެ. ޝެހާބްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ސިއްރަކީ މިއީތަ؟.
ޝެހާބް: އާން!. މިއީ، އަހަރެންގެ ކާމިޔާބީގެ ފަހަތުގައިވާ އެއްކަމެއްގެ ގޮތުގައި އަހަރެންނަށް އެނގިފައިވާ ކަމެއް. އަހަރެންގެ ކިޔެވުމަށާއި މަސައްކަތަށް މިކަމުން ފައިދާ ކުރޭ. އަހަރެން ސްކޫލުގައި އުޅުނު އިރުއްސުރެންވެސް، އަހަރެން އިސްކަންދެނީ އެންމެ މުހިންމު ކަންތައްތައް ފުރަތަމައަށް ކުރުމަށް. މިގޮތުން ކުޅެން ދިޔުމުގެ ކުރިން، އިހަށް ހަދަނީ ހޯމްވާކް. އަދި ޓެސްޓް އަންނައިރު ފުނި ނުޖެހޭނެހެން،ކޮންމެ ދުވަހަކު ފިލާވަޅު ދަސްކުރަން. އަދި މިހާރު، މަސައްކަތުގެ ދާއިރާގައި އަހަރެންގެ ޒިންމާތައް އިތުރުވެފައިވާއިރު- ކެފޭ ހިންގުން، މައިންބަފައިން ބެލުން، މިހުރިހާ ކަންކަން ކުރުމަށްޓަކައި، އެންމެ މުހިންމު ކަންތައްތައް ފުރަތަމައަށް ކުރުމަށް އިސްކަންދީގެން، ވަގުތު ރާވާލުމަކީ ނުހަނު ބޭނުންތެރިކަމަކަށްވަނީވެފައި. މުނިފޫހި ފިލިވުމާއި މަޖާކުރުންފަދަ އެހެން އެއްވެސް ކަމެއް ކުރުމުގެ ކުރިން، ކޮންމެ ދުވަހަކުވެސް އަހަރެން ބަލަން، މާތް ﷲ އަށް އަހަރެން އަދާކުރަންޖެހޭ އަޅުކަމުގެ ވާޖިބުތައް، އަހަރެންގެ މަސައްކަތްތައް، އަހަރެންގެ މައިންބަފައިން، އަދި އަހަރެންގެ ސިއްޙަތަށް ވަގުތު ހޯދޭތޯ. މެޝާރީ، އެންމެ މުހިންމުވާނީ ބޮޑެތި ގާތައް. އެކަންކަން ކުރުމަށް އިސްކަންދީ.
މެޝާރީ: ހާދަ އަގުހުރި ފިލާވަޅެކެވެ. ވީމާ، ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ، ވަގުތު ހޭދަ ކުރުމުގައި އެންމެ މުހިންމު ކަންކަން ފުރަތަމައަށް ކުރުމަށް އިސްކަން ދިނުމެވެ. އަދި، އެކަންކަން ފަހުން ކުރުމަށް ނުބެހެއްޓުމެވެ. ވެލިތައް ހޮވުމުގެ ކުރިން ބޮޑެތި ގާތައް ހޮވުމެވެ. މިއޮށްހުރިހާ ދުވަހު އަހަރެންނަށް އުޅެވުނީ، އެންމެ މުހިންމު ކަންތައްތައް ކުރުން ފަސްކޮށް، އެހާ މުހިންމުނޫން އާދައިގެ ކަންތައްތައް ކުރުމުގައި އަވަދިނެތި މަޝްޢޫލުވެގެންނެވެ. އަހަރެންގެ ހަނދާނަށް އައީ، ހޯމްވާރކް ހެދުމުގެ ކުރިން، އިހަށް ރައްޓެހިންނާއެކު މަޖާކުރަން އެތަށް ގަޑިއެއް ހޭދަކުރި ހަނދާނާއި އަދި، އަހަރެން ވަކި ފޮތެއް ކިޔާހިތްނުވާނަމަ، އިމްތިޙާން ފެށެން އެއް ދުވަސް ނުވަތަ 2 ދުވަހެއް ވަންދެން، ފިލާވަޅު ދަސްކުރުން ފަސްކުރި ހަނދާން. އަހަރެންނާއި ތަފާތަށް، ޝެހާބް އަބަދުވެސް، ކިޔެވި ދުވަސްވަރުގައި އާއި ދިރިއުޅުމުގެ ހުރިހާ ދުވަސް ވަރެއްގައިވެސް، ފަށަނީ އެންމެ މުހިންމު ކަންތައްތައް (ބޮޑެތި ގާތައް) ފުރަތަމައަށް ކުރުމަށެވެ.
މޭޝާރީ، ތިބުނީ ވަރަށް މުހިންމު ވާހަކައެއް. އެންމެ ބޮޑަށް އިސްކަން ދޭންވީ، އެންމެ މުހިންމު ކަންކަން ފުރަތަމަ ކުރުމަށްޓަކައި ވަގުތު ހޯދާ، ރާވާލުމަށެވެ.
(ނިމުނީ)

0