ސުންނަތްގޮތަކީ ހާރުކެއުން ފަސްކުރުން ކަމަށް ޝެއިޚް އަޙްމަދު ރިމާޒް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި ސުންނަތް ގޮތަކީ ހާރުކެއުން ފަސްކުރުން ކަމަށް ދަލީލުކޮށްދޭ ޙަދީޘްފުޅެއްވެސް ހިމަނާފައިވެއެވެ. އެޙަދީޘް ފުޅަކީ ޒައިދުގެފާނުގެ ޙަދީޘްފުޅެވެ.
ޒައިދުގެފާނު ވިދާޅުވިއެވެ. ”ތިމަންބޭކަލުން ނަބިއްޔާ ﷺ އާއި އެކީ ހާރުކެއީމެވެ. ދެން ނަބިއްޔާ ﷺ ނަމާދަށް ތެދުވެވަޑައިގެންނެވިއެވެ.“ އަނަސްގެފާނު ސުވާލުކުރެއްވެވިއެވެ. ”ހާރުކެއުމާއި ބަންގިއާއި ދެމެދު ވީ ކިހައި ވަގުތެއްތޯއެވެ؟“ ޒައިދުގެފާނު ޖަވާބުދެއްވިއެވެ. ”ފަންސާސް އާޔަތުގެ މިންވަރެވެ.“(50 އާޔަތް ކިޔެވޭނެހާ މިންވަރެވެ.) (ޞަޙީޙުލްބުޚާރީ)
Zaid gefaanu vidhalhuvi: thiman beykalun Nabiyya(saw) aai eky haaru ke eemeve. dhen Nabiyya(saw) namadha thedhuve…
Posted by Sheikh Ahmed Rimaz on Sunday, May 5, 2019