އަޤީދާ
ނަރަކައިގެ އެންމެ ކުޑަ ޢަޛާބަކީ ކޮބައިކަން އެނގޭތަ؟

ނަރަކައަކީ ﷲއަށް އުރެދުނު މީހުންނަށް ތައްޔާރުކުރަށްވާފައިވާ ވޭންދެނިވި ޢަޛާބު ހުރިތަނެކެވެ. އެ ނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ. އެނަރަކައިގެ ބަނޑޭރިންނަށް ގަދަފަދަ، ހަރުކަށި މަލާއިކަތުން ލައްވާފައިވެއެވެ. އެ ބިރުވެރިވި ނަރަކައިގެ އެންމެ ކުޑަ ޢަޛާބަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟

ރަސޫލުﷲ ﷺ ޙަދީޘްކުރެއެވިއެވެ.

”‏ إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ ‏“‏  (ރިވާކުރެއްވީ މުސްލިމް)

”ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާ، އަލިފާނުންވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުން، އޭނާގެ ސިކުނޑި ކެކެމުން ދާނެއެވެ.“

ނިކަން ވިސްނަވާށެވެ! މީ ނަރަކައިގެ އެންމެ ކުޑަ ޢަޛާބުގެ ވާހަކައެވެ. އޭގެ ސަބަބުން ސިކުނޑި ކެކެމުންދާނެ ކަމަށް ޙަދީޘްކުރައްވާފައި އޮތުމުން އެ ޢަޛާބުގެ ބޮޑުކަން ދޭހަވެއެވެ. ދެން ފަހެ އެނަރަކައިގެ ބޮޑެތި ޢަޛާބުތައް ކިހައި ގަދަފަދަ ވާނެ ހެއްޔެވެ؟!

ޔާ ﷲ! އަޅަމެން ނަރަކައިގެ ޢަޛާބުން ސަލާމަތް ކުރައްވާށިއެވެ! އާމީން

59