ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ތަރާވީޙް ނަމާދުގެ ކޮންމެ ދެރަކުޢަތަކަށްފަހު ކިޔަން ޚާއްޞަ ޛިކުރެއްވޭތަ؟

ޛިކުރުކުރުމަކީ އަޅުކަމެކެވެ. އަޅުކަމުގައި އަޞްލަކީ ދަލީލެއް ނެތި އެކަމެއް ނުކުރުމެވެ. އެއީ ވާޖިބުކަމެއްކަމުގައި ނުވަތަ ސުންނަތެއްކަމުގައި އަންގައިދޭ ދަލީލެއް އޮންނަންވާނެއެވެ. އަޅުކަމެއްގެ ކުރިއަށް ނުވަތަ ފަހަތަށް ޛިކުރެއް ހަދައިގެން ތަޢާރަފުކުރުން ހުއްދައެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއެކު ރޭތަކެއް ވަންދެން (ރަމަޟާންމަހުގެ) ރޭ އަޅުކަން ކުރައްވާފައެވެ. އަދި ޞަޙާބީ ބޭކަލުންވެސް ވަނީ ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުންވެސް އެކަލޭގެފާނުގެ ޒަމާނުގައި އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައިވެސް ރޭ އަޅުކަން ކުރައްވާފައެވެ. އެހެނަސް ކޮންމެ ސަލާމަކަށް ފަހު ނުވަތަ ކޮންމެ ދެ ސަލާމަކަށްފަހު އެބޭކަލުން ވަކި ޚާއްޞަ ޛިކުރެއް ކުރެއްވިކަން އެނގޭކަން ނެތެވެ. އެބޭކަލުންގެ އަރިހުން ޢިލްމުވެރިން އެފަދަ ކަމެއް ރިވާކުރައްވާފައި ނުވުމަކީ އެކަން ނުހިނގާކަމުގެ ދަލީލެކެވެ. އެހެނީ މިއަށް ވުރެ މާ ވަންހަނާ ކަންތައްތައްވެސް ޢިލްމުވެރިންވަނީ ރިވާކުރައްވާފައެވެ. އަޅުކަމުގައި އެންމެ ރަނގަޅު ހިދާޔަތަކީ ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމާއި އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް ތަބާވުމެވެ. އެއީ އެބޭކަލުންކުރެއްވިކަމެއް ކުރުމާއި ދޫކޮށްލެއްވިކަމެއް ދޫކޮށްލުމެވެ.

އެހެނަސް ވަކި އާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ނުވަތަ ޛިކުރުތަކެއް ޚާއްޞަކުރުމެއް ނެތި ދެރަކުޢަތުގެ ދެމެދުގައި ދުޢާކުރުމާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމަކީ ހުއްދަކަމެކެވެ. އަދި އެފަދައިން ކިޔާ އިރު އެންމެން އެއްއަޑަކުން ނުވަތަ އިމާމުގެ އަޑު ދަށުން ނުވަތަ އެހެންމީހެއްގެ އަޑުދަށުން ކިޔައިގެން ނުވާނެއެވެ. އެހެނީ އެފަދަ ކަމެއްކުރުމަށް އިސްލާމީ ޝަރީޢަތުގައި އައިސްފައިނުވެއެވެ. އަޅުކަމުގައި އަޞްލަކީ އޭގެ މިންވަރާއި ވައްތަރާއި ޒަމާނާއި ތަނާއި ސަބަބާ އަދި ޞިފައިގައި ތައުޤީފުވުމެވެ. (އެބަހީ: ދަލީލެއް ނެތި ވަކި ގޮތަކަށް ކަނޑަ ނޭޅުމެވެ.)

الشيخ محمد العبدري (މަޝްހޫރު ނަމުންނަމަ ابن الحاج) އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އަލްމަދްޚަލުގައި ވިދާޅުވިއެވެ.

ތަރާވީޙް ނަމާދުގެ ކޮންމެ ދެރަކުޢަތަށްފަހު ޛިކުރުކުރުމުގެ ފަޞްލު

އަދި ތަރާވީޙް ނަމާދުގައި އޭނާއަށް އެކަށީގެންވަނީ – އެބަހީ: އިމާމު މީހާއަށް – ކޮންމެ ދެރަކުޢަތަކުން ސަލާމްދިނުމަށްފަހު، އަލަށް ތަޢާރަފުކޮށްފައިވާ ބިދުޢަ އެކުލެވިގެންވާ ޛިކުރުތަކާ ދުރުހެލިވުމެވެ. އަދި އަޑުހަރުކޮށް ޛިކުރުތައް ކިޔުމާއި އެންމެން އެއް އަޑަކުން ކިޔުމުންވެސްމެއެވެ. އެހެނީ އެއީ ހައްތަހާވެސް ބިދުޢައެވެ. އަދި ތަރާވީޙް ނަމާދުގައި ކޮންމެ ދެރަކުޢަތަކަށްފަހު އެކިޔާ ޛިކުރުތަކަށް ފަހު ބަންގިގޮވާ މީހާ ބުނެ އުޅޭ ބަހެއްކަމުގައިވާ ” الصلاة يرحمكم الله ” ވެސް މަނާކުރަންޖެހޭނެއެވެ. އެހެނީ އެއީވެސް ބިދުޢައެކެވެ. ދީނުގައި ބިދުޢަ ހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު صلى الله عليه وسلم ގެ ހިދާޔަތެވެ. ދެން އެއަށްފަހު އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ޚަލީފާއިންގެ ހިދާޔަތެވެ. ދެން އެންމެހާ ޞަޙާބީ ބޭކަލުންގެ ގޮތެވެ. ސަލަފުންގެ އެއްވެސް ބޭކަލަކު އެފަދަ ކަމެއް ކުރެއްވިކަން ބަޔާންކުރައްވާފައެއް ނުވެއެވެ. އެބޭކަލުންވެސް އެކަންނުކޮށް ފުދުނުފަދައިން އަޅުގަނޑުމެންނަށްވެސް އެކަން ނުކޮށް ފުދޭނެއެވެ.

 

މަސްދަރު: ދިސަލަފިއްޔާ

62
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިބުރާހިމް މަނިކުފާން ނައިބު މަލިކު2 އަހަރު ކުރިން

ނިކަން ރަނގަޅު ލިޔުމެއް ، ނިކަންލަސްކޮށްނަމަވެސް، ސުކުރިޔާ

Mariyam Rasheeda2 އަހަރު ކުރިން

Thibey flhun thidhehvaa irushaadhu thakah ahsaribahaa saabas..

Home
Menu
Search
Back to top