ޚަބަރު
އަސާސީ އެއްޗެހި ހަމަ އަގުގައި ވިއްކަވާ! އަމިއްލަ ފައިދާއަށް މީހުންނަށް ދަތި ނުކުރައްވާ – ޝެއިޚް ޒައިދު

” އަސާސީ އެއްޗެހި ހަމަ އަގުގައި ވިއްކަވާ! އަމިއްލަ ފައިދާއަށް މީހުންނަށް ދަތި ނުކުރައްވާ!” ޝެއިޚް އަލީ ޒައިދު މިހެންވިދާޅުވީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިތުރަށް ޝެއިޚް ލިޔުއްވާފައިވާ ޕޯސްޓްގައި ވަނީ “ވިޔަފާރި ވެރިންނޭ ހެޔޮނުވާނެ. ވަގުތުގެ ނާޖައިޒް ފައިދާ ނުނަންގަވާ. ރައްޔިތުންނަށް ރަޙުމު ކުރައްވާ. 1200 ރުފިޔާ އަށް މިރުސް ކިލޯއެއް ގަންނާނީ ކިހިނެއްތޯ؟“ ޝެއިޚް އިޝާރާތްކުރެއްވީ މިހާރު މާރުކޭޓްގައި މިރުސް ކިލޯއެއް 1200ރުފިޔާ އުފުލިފައިވާ އުފުލުމަށެވެ.

އިތުރަށް ޝެއިޚް  ވިދާޅުވީ، ކުރިއަށް އޮތީ ރަމަޟާން މަސްކަމަށާއި ބަދު ދުޢާ ޖެހިދާނެކަމަށެވެ.

މާރުކޭޓުގައި ގޮޅިތައް ހިންގަމުން ފަރާތަކުން ބުނާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު އިތުރަށް އުފުލިގެން ދާނެއެވެ.

Posted by Ali Zaid on Sunday, May 5, 2019

 

0