Uncategorized
ޤުރުއާން ހިތުދަސްކުރުން- މިއީ ނުކުރެވޭވަރުގެ ކަމެއްނޫން

މިދާކަށްދުވަހު މީސްމީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯއެކެވެ. އެ ފޮޓޯގެ ތިރީގައިވަނީ ހިސާބުތަކެއް ޖަހާފައެވެ. 15 މަސް ދުވަހުން ޤުރުއާން ހިތުދަސްކުރަންބޭނުންނަމަ، ދުވާލަކު ހިތުދަސްކުރަންޖެހޭނެ މިންވަރާއި އަދި ހަފްތާއަކު ހިތުދަސްކުރަންޖެހޭނެ މިންވަރާއި އަދި މަހެއްގައި ހިތުދަސްކުރަންޖެހޭނެ މިންވަރު އެ ފޮޓޯގައި ލިޔެފައިވެއެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ، އެ ފޮޓޯގައިވަނީ ޤުރުއާން ހިފްޒުކުރަން ބޭނުންވާ ބޭފުޅުންނަށް ޚާއްސަ ތިން ޕެކޭޖެކެވެ. 15 މަސް ދުވަހުގެ ޕެކޭޖަކާއި، 2 އަހަރުގެ ޕެކޭޖަކާއި އަދި 5 އަހަރުގެ ޕެކޭޖެކެވެ. ކޮންމެއަކަސް މި ފޮޓޯވީ އަޅުގަނޑު ވަރަށް ގަޔާވި ފޮޓޯއަކަށެވެ. ގަޔާވި ވަރުން ފޮޓޯ ޝެއަރވެސް ކޮށްލީމެވެ.

0