ޚަބަރު
އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަނީ

ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ “ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ފަސޭހަކަމާއެކު، ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލައި އެތަންތަނުގައި، ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި.” ކަމަށެވެ.

މިނިސްޓަރ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައި މަސައްކަތް ފެށި ވާހަކަ ހާމަކުރެއްވުމާއިއެކު އެކިފަރާތްތަކުން އެނިންމުމަށް ތަޢުރީފްކުރަމުންދެއެވެ.

އެގޮތުން މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބުދުލް ލަތީފް މިނިސްޓަރގެ ޓުވީޓް ރިޓްވީޓްކުރައްވާ ވަރަށް ރަގަޅު މަސައްކަތެއްގޮތުގައި ފާހަގަކޮށް ހެޔޮޖަޒާ ދެއްވުމަށްއެދި ދުޢާކުރެއްވިއެެވެ.

 

 

0