ނަޞޭޙަތާއި އިރުޝާދު
މިއީ ދެއްކުންތެރިކަމެއް ނޫން

ﷲ ގެ ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކީ ޞާލިޙު ޢަމަލުކޮށް، އެއަށްފަހު މީސްތަކުންގެ ހިތްތަކުގައި ﷲ ތަޢާލާ އެމީހެއްގެ ޘަނާ ލެއްވި މީހަކާމެދު ދަންނައެވެ. އޭނާ އެކަން ހޯދުމަށް މަސައްކަތްކޮށްފައިނުވާ ޙާލު އެކަން މެދުވެރިވުމުން، ﷲ ގެ ފަޟްލުވަންތަކަމާމެދު އުފާކުރުމަކީ އެއީ ދެއްކުންތެރިކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އޭނާއަށް ގެއްލުމެއް ނެތެވެ.

އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ.

މީހަކު ހެޔޮޢަމަލެއް ކުރުމުން މީސްތަކުން އެކަމާމެދު ޘަނާ ކިޔުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ ސުވާލުދެންނެވުނެވެ. ފަހެ ޙަދީޘްކުރެއްވިއެވެ.

((تِلْكَ عَاجِلُ بُشْرَى الْمُؤْمِن)) [رواه مسلم]

މާނައީ: “އެއީ މިދުނިޔެ މަތީގައި މުއުމިނު އަޅާއަށްވާ އުފާވެރިކަމުގެ ޚަބަރެވެ.”

މީސްތަކުންނަށް ދެއްކުމަށްޓަކާ އަދި އެބައިމީހުންގެ މަދަޙަޘަނާ ކިޔުއްވުމަށް ޞާލިޙު ޢަމަލުތައް ޒީނަތްތެރިކުރާ މީހުންނާމެދު ދަންނައެވެ. ފަހެ އެއީ ދެއްކުންތެރިކަމެވެ.

 

މަސްދަރު: ދިސަލަފިއްޔާ

 

0