ނަޞޭޙަތާއި އިރުޝާދު
ކިޔަވާ ކުދިންނަށް ހުރި ގޮން ޖެހުންތައް

އާފާތްތަކަކީ ކިޔެވުން ކުރިއަށް ގެންދިޔުމަށްވާ ގޮންޖެހުންތަކެކެވެ. އެގޮތުން އެހެނިހެންކަންކަމުގައި މަޝްޣޫލުވުމަކީ ހިތުދަސްކުރުމަށާއި ކިޔެވުމަށް ބުރޫއަރުވާ ކަންކަމެވެ.

އަދި އަދުގެ ޒަމާނީ ވަސީލަތްތަކާއި ޓީވީ ޗެނަލްތަކަށް ރައްކާތެރިވުން ހުއްޓެވެ. އެތަކެއްޗަކީ ވިސްނުން މަޝްޣޫލުކޮށްލައި ދިރިއުޅުން ވަހުމީ ދުނިޔެއަކަށް ބަދަލުކޮށްލާ އަދި ވަޤުތުތައް ނަގާލާ އެއްޗެހިތަކެކެވެ. އެފަދަ ތަކެއްޗާ ދުރުހެލިވުމުން ދީންވެރިކަން ރައްކާތެރިވެ ވިސްނުން އާރޯވެ ވަޤުތުތައް ރައްކާތެރިވެ އެކުގައި އުޅޭ މީހުންނަށް ވުރެ ކުރިއަރައިދެއެވެ.

ފަހެ ތިބާގެ ފިކުރު ކިލަނބުކޮށްލައި ސުލޫކު ނުބައިކުރާ އަދި ޚުލުޤު ފަސާދަކޮށްލާ ތަކެތިން ތިބާގެ އިވުމާއި ފެނުން ރައްކާތެރިކުރާށެވެ.

ކިޔެވުމުގައި ދިމާވާ އެންމެ ބޮޑު މުޞީބާތަކީ އަމިއްލަ ނަފްސު ފެނުމެވެ. އަދި ކިޔެވުމުގެ ޒީނަތަކީ ޙިލްމުވެރިކަމާއި ތަވާޟުޢުވެރިކަމެވެ.

ބާއްޖަވެރިމީހަކީ އޭނާގެ ރައްބާ ހަމައަށް ވާސިލުވެވެން އޮތް މަގު އެނގި، އެއިލާހުގެ ޙަޟްރަތަށް ޤަޞްދުކޮށްގެން ދަތުރުފެށިމީހެކެވެ. އަދި މަޙްރޫމުވެފައިވާ މީހަކީ އެމަގު އެނގި އެއަށް ފުރަގަސްދިން މީހެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0