ޚަބަރު
އޭޝިޔާގެ އެންމެ މުއްސަދި ޤައުމު ތެރޭގައި ހިމެނޭ ބުރޫނާއީގައި އިސްލާމް ޝަރީއަތާއި އެއްގޮތަށް ހުކުމް ކުރަންފަށަނީ

މާދާމާއިން ފެށިގެން އޭޝިޔާގެ އެންމެ މުއްސަދި ޤައުމު ތެރޭގައި ހިމެނޭ ބުރޫނާއީގައި އިސްލާމް ޝަރީއަތާއި އެއްގޮތަށް ހުކުމް ކުރުމަށް އެ ޤައުމުގެ ރަސްގެފާނު ނިންމަވައިފިއެވެ.

ބުރޫނާއީގެ ގާނޫނުލް އުގޫބާތަށް ގެނެވުނު އިސްލާހު ބުނާ ގޮތުގައި ވައްކަން ކުރާ މީހާގެ އަތް، އިސްލާމީ ޝަރީއާއާއި އެއްގޮތަށް ކަނޑަން ޖެހޭނެއެވެ. މީގެ އިތުރުން ކައިވެނިން ބޭރުން ޒިނޭ ކުރާ މިހާގެ އިތުރުން، އެއް ޖިއްސުން ގުޅުން ހިންގާ މީހުން ރަޖަމުކޮށްގެން މެރުމަށްވެސް އެޤައުމުން ވަނީ ނިންމާފައެވެ.

އާބާދީގައި 80 އިންސައްތަ މުސްލިމުން ހިމެނޭ، އިރުމަތީ އޭޝިއާ ސަރަހައްދުން ތެލުގެ މުއްސަދިކަން ލިބިފައިވާ ބުރުނާއީގެ އިސްލާމީ ޝަރީޢަތް ތަންފީޒު ކުރަންފެށުމުން އދ. އާއި ހުޅަނގުގެ ޤައުމުތަކުން އެޤައުމުގެ ނިންމުމަށް ދަނީ ފާޑު ކިޔަމުން ދިޔަނަމަވެސް އިސްލާމީ ޖަމިއްޔާ ޖަމާޔަތްތަކާއި އެ ޤައުމުގެ ރައްޔިތުންގެ މިކަން އުފަލާއިއެކު ޤަބޫލު ކުރެއެވެ. އަދި އިސްލާމީ ޝަރީއަތުގެ ސަބަބުން ދިރުމެއް ވާނެކަމަށް ޤަބޫލުކުރެއެވެ.

އިސްލާމް ދީން ނޫން އެހެން ދީންތައް ބުރުނާއީގައި ފެތުރުން ކުޑަކުރުމުގެ ގޮތުން އެގައުމުގެ އާއްމުން އެއްވެ އުޅޭ ތަންތަނުގައި ކްރިސްމަސް ފާހަގަ ކުރުން ވަނީ މީގެ ކުރިން މަނާކޮށްފަ އެވެ. ބުރުނާއީ އިން ބުނެފައިވަނީ މުސްލިމުންނާއި ޣައިރު މުސްލިމުން ހަމަކުރާނެ ކަމަށާއި ދެބައި މީހުންނާ މެދުވެސް އިސްލާމީ ޝަރުޢީ އުސޫލުން ޢަމަލުކުރާނެކަމަށެޥެ.

ބުރުނާއީ ދާރުއްސަލާމްގެ އިއްޒަތްތެރި ރަސްގެފާނު ސުލްޠާން ޙަސަން އަލްބުލްޤިޔާ އެމަނިކުފާނު ނެރުއްވި އަމުރުފުޅުގައި ވިދާޅުވެފައި ވަނީ ” މާތް ﷲގެ ހުކުމް ތަންފީޒުކުރުމުން އެހެން ފަރާތްތަކުން އެކަން ބަލައިގަންނާނެކަމަށް، މިގައުމުން އުއްމީދުކޮށްގެން ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ފަރާތްތަކުން އިސްލާމްދީނަށް އިހުތިރާމުކުރާ ފަދައިން، ގައުމުގެ ނިންމުމަށް އިހުތިރާމުކުރުމުން ފުދޭނެއެވެ.”

އިތުރަށް ރަސްގެފާނު ނެރުއްވި ބަޔާނުގައި ރަސްގެފާނު ވިދާޅުވީ “އެމަނިކުފާނުގެ ޒަޢާމަތުގައި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބުރުނައީގައި ތަންފީޒު ކުރައްވަން ވަރަށް ކުރިންސުރެ ވަނީ މަސައްކަތްޕުޅު ފަށްޓަވާފައި ކަމަށެވެ. އަދި ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިހާރު މިވަނީ ތަންފީޒު ކުރެއްވޭނެ ހާލަތަށް ގެންދެވިފައި ކަމަށެވެ. “

0