ފަތިސްނަމާދު ފަހުން ނިދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެއީ ހިތްހަރުވާ ކަމެއް ހެއްޔެވެ؟ އަދި އެކަމަކީ
މުންކަރާތެއްކަމުގައި ބެލެވޭނެ ހެއްޔެވެ؟
ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.
ފަހެ ފަތިސް[ނަމާދުގެ] ފަހުން ނިދުމަކީ މައްސަލައެއްނޫނެވެ. އަދި ޢަޞުރު[ނަމާދުގެ] ފަހުން ނިދުމަކީވެސް މައްސަލައެއްނޫނެވެ.
ނަމަވެސް އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް ، ތަސްބީޙަކިޔާ ، ތަހްލީލުކިޔުމާ ، މިފަދަކަންކަމުގައި، ފަތިސް[ނަމާދުގެ] ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.
މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.
މަސްދަރު: ދިސަލަފިއްޔާ