2014ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގައި ފަލަސްތީނުގެ ގައްޒާއަށް ދިން އެއްވެސް ރަޙުމަތްނެތި އަނިޔާވެރިހަމަލާގައި މުޅި ގައްޒާ ސުންނާފަތިކޮށްލީ ލެއްވިހާ ހުރިހާ ބައިނަލް އަޤުވާމީ ޤަވާއިދުތަކާއި މުއާހަދާތަކާއި ދިމާއިދިކީލިކޮށެވެ. ދުނިޔެ މަންޒަރު ބަލަންތިބީ މަންމަން ހާލުގައެވެ. ދުނިޔޭގެ ބޮޑަތި ބާރުތަކުން ކުށްވެރިކޮށްލުން ފިޔަވައި އިތުރުއެއްވެސް ކަމެއްނުކުރެވުނެއެވެ. އިންސާނީ ހައްގުތަށް އިމާޔަތްކުރާ ކަމަށް ވަކާލާތުކުރާ އދ އިންވެސް ކުރެވުނު ކަމެއްނެތެވެ. އިޒުރޭލާއި އިދިކޮޅަަށް ލެވުނު ބައެއް ޤަރާރުތަށް އިޒުރޭލްގެ އެކުވެރި އެމެރިކާއިން ވީޓޯކުރީ އެއްވެސް އުސޫލެއްނެތިއެވެ.
ކޮންމެޔަކަސް އަހަރުތަކަކަށްފަހު ގައްޒާއަށް ލިބުނު ގެއްލުމާއި ވީރާނާކަމަށް ކުޑަކުރިއެރުމެއް ލިބި ރައްޔިތުންގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނުތަނާހެން އަނެއްކާވެސް ހައްދުފަހަނައަޅާފައިވާ ޒައިނިސްޓް އިޒުރޭލުން ގައްޒާ ވަށާލާ ތައްޔާރުއެވަނީ އެ ނިކަމެތި ރައްޔިތުން ދިރިއުޅުން ސުންނާފަތިކޮށްލާ ނެތިކޮށްލުމަށެވެ. އެތަކެއް ޅަތުއްތުކުދިން ނިކަމެތިކޮށް އެތަކަށް މައިން މަގުމަތިކޮށް، އެތަކެއް ޒުވާނުންނެއް ރަހީނުކޮށް އެތަކެއްގެ ބައެއްގެ ގޯތިގެދޮރު ބިމާހަމަކޮށް މުޅި ގައްޒާ ހިރަފުސްބޯ ވީނާރާވެފައިވާ ތަކަށް ހެދުމަަށެވެ.
ގައްޒާއެކިތަންތަނަށް ބޮމާއި ރޮކެޓް ހަމަލާ ދެމުންދާ މަންޒަރުތަށް ފެންނަމުންދާއިރު މިއުދުވާނީ ހަމަލާތަކުގައި ރަހުމު ކުޑަކޮށް އެތައް ބަޔަކު މަރަމުންދާދެއެވެ. މި ހަމަލާދިނުމުގެ ފަހަތުގައި ހުރި ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ މިވަގުތު ދަނީ އެޤައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރަމުން ކަމަށް ވެއެވެ. އެމެރިކާއަށް ކުރަންރޭވިފައިވާ ދަތުރު ކެންސަލްކޮށް ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެ ހަމަލާތައް ދެމުން ދަނީ ސީދާ އޭނާގެ އިރުޝާދުގެ ދަށުންނެވެ.
މިހަމާލަތަކީ މުޅި އިސްލާމީ އުއްމަތަށް ދެވޭ ހަމަލާއެއް ކަމާމެދަކު އެއްވެސް ޝައްކެތްނެތެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ މި އުއްމަތަށް ޚާއްސަކޮށް ގައްޒާގެ ރައްޔިތުންނަށް ޓަކައި ހެޔޮދުޢާކުރުންމަތީ ދެމިތިބުމެވެ. އަދި ކިތަމެ ކުޑަ ގެއްލުމެއް ގައްޒާއަށް ލިބިއްޖެނަމަ އެރައްޔިތުންނަށް ވީމިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.