ޚަބަރު
ރަޙުމަތްތެރިން ކައިރީގައި ތިބެފައި ނަމާދުވަގުތު ޖެހުމުން އެމީހުންގޮވައިގެން ނަމާދަށް ދިޔުމަކީ ވަރަށްބޮޑު ހެޔޮކަމެއް

ރަޙުމަތްތެރިން ކައިރީގައި ތިބެފައި ނަމާދުވަގުތު ޖެހުމުން އެމީހުންގޮވައިގެން ނަމާދަށް ދިޔުމަކީ ވަރަށްބޮޑު ހެޔޮކަމެކެވެ. އެވަގުތުގައި ބޭކާރުކަމެއްކުރުމުގެ ފުރުސަތު ގެއްލިގެންދާކަމަށާއި ހެޔޮކަންކަމަށް ބާރުއަޅާނަމަ ރަގަޅުކަންކަމަށް ފުރުސަތުފަހިވެގެންދާނެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކު ދައުވަތު ދޭމީހަކަށް ބަދަލުވީމަ މުޖުތަމަޢުތެރެއިން ރަގަޅުކަންތައްތައް ފެނިގެންދާނެއެވެ.”

ދީނަށް ގޮވާލެއްވުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ކުރެއްވި ކަންތައްތަކުގައި ހާމަކުރަވަމުން އިތުރަށް ޝެއިޚް ވިދާޅުވީ ދީންރައްކާތެރިކުރުމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބެއްކަމުގައި ދެކިގެން އެމީހެއްގެ ފެންވަރުން ކުރަންޖެހޭ ކަމެކެވެ.  އަދި މިއަދު އިސްލާމްދީނަށް ބަދުބަސް ބުނެވެމުންދާއިރު އަދި  އިސްލާމްދީން ބަދުނާމުވަމުން ނުވަތަ އިސްލާމްދީން ނިކަމެތިވެގެން ދިޔައިރު ތިބާ ކުރިކަންތަކާއިމެދު  މާދަމާ  ﷲ ތަބާރަކަ ވަތަޢާލާގެ ދަރުބާރުގައި ދޭނެ ޖަވާބެއް  އަޅުގަނޑުމެން ކޮންމެމީހަކު ތައްޔާރުކުރަންޖެހޭކަމަށެވެ. ﷲއަށް ނަސްރުދިނުމަކީ ﷲގެ ދީނަށް ނަސްރުދީ އެދީންގެ ހިމާޔަތުގައި ހުރުން އަދި އެ ދީން މީހުންގެ ތެރޭގައި އާންމުކުރުމާއި އެދީނަށް ގޮވާލުން ނުވަތަ އެދީނަށް ބާރުއެޅުން އެއީ އަޅުގަނޑުމެން ކުރަންޖެހޭކަމެއް އަދި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާކަމެކެވެ.

0