ޚަބަރު
”އަހަރެމެންގެ ހިތްތައް ހަލާކުވެއްޖެ. އެކަމަކު އަހަރެމެން ހަލާކެއް ނުވޭ“- ނިއުޒިލެންޑްގެ އިމާމް ޖަމާލް

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއަކީ މިފަހުގެ ތާރީހުގައި އެގައުމުގައި ހިންގި އެންމެ ނުރައްކާތެރި އެއް ހަމާލާއެވެ. ބަޑިން ހަމާލާދީ 50 މީހުން މަރާލިއިރު ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.
މި ހާދިސާއަށް ހަފްތާއަކަށްފަހު އައި ފުރަތަމަ ހުކުރުގައި އަލް ނޫރް މިސްކިތާ ކައިރީގައިވާ ހަގްލޭ ޕާކްގައި ބޮޑު ޖަމާއަތެއްގައި ހުކުރު ނަމާދު މިއަދު ކޮށްފި އެވެ. މުސްލިމުނޫން ނިއުޒިލެންޑްގެ ރައްޔިތުންވެސް ބައިވެރި މި ހަފްލާގައި އެޤައުމުގެ ބޮޑުވަޒީރުވެސް ބައިވެރިވިއެވެ.

 

ހުކުރު ދުވަހުގެ ހުކުރު ބަންގި ވަގުތުން ވަނީ އެ ގައުމުގެ ގައުމީ ޓީވީންނާއި ރޭޑިއޯ އިން ގެނެސްދީފަ އެވެ. އޭގެ ފަހުން ވަނީ ދެ މިނިޓުގެ ސްކޫކެއް ގެނެސްފަ އެވެ. އަދި މުޅި ގައުމުގެ އެންމެން ވަނީ ސްކޫތުގައި ބައިވެރިވެފަ އެވެ. މުސްލިމުން ހުކުރު ނަމާދު ކުރަމުން ދިޔަ އިރު މުސްލިމުން ނޫން އަންހެނުން ފަހަތުގައި ތިބީ ބުރުގާ އަޅައިގެންނެވެ. އެ މީހުން ވަނީ މުސްލިމުންނާ އެކުގައިކަން ދެއްކުމުގެ ގޮތުންނެވެ.

 

ނިއުޒިލެންޑް ބޮޑުވަޒީރު ހުކުރު ނަމާދަށް ހާޒިރުވެތިބި ރައްޔިތުންނާއި މުޚާތަބު ކޮށްވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަދީޘެއް ކިޔައިދީފައެވެ. ”ހަށިގަނޑުގެ އެއްވެސް ތަނެއްގައި ވޭނެއް އަޅާ ނަމަ މުޅި ހަށިގަނޑަށް އެކަމުގެ ތަދު އިހްސާސް ކުރެވޭނެ،“.

މިހާދިސާއާއި ގުޅިގެން ސުވިޒެންޑްގެ ބޮޑުވަޒީރު އަމަލު ބެހެއްޓެވިގޮތުން މުޅި ދުނިޔެ އަދި ޚާއްސަކޮށް އިސްލާމީ އުންމަތްގެ ތައުރީފް އެކަމަނާއަށްދަނީ އޮހެމުންދެއެވެ. އަދި މިއަދުގެ ހުކުރު ނަމާދަށް އެކަމަނާ ހާޒިރުވެއިނީ ކަޅު ބުރުގާ އަޅުއްވައިގެންނެއެވެ. މި ޖަމާއަތު ބައިވެރިވެ އެކަމަނާގެ ވާހަކަގައި ވިދާޅުވީ ”ހުރިހާ މުސްލިމުންގެ ހިތާމައިގައި ނިއު ޒީލެންޑް ބައިވެރިވަން. އަހަރެމެން އެންމެންނަކީ ވެސް އެއް ބައެއް.“

އަލް ނޫރު މިސްކިތުގެ އިމާމް ޖަމާލް ފައުދާ މިންބަރުގައި ހުންނަވާ ވިދާޅުވީ މިދިޔަ ހަފުތާގައި ހަމަލާ ދިން ތަނާ މާ ދުރުނޫން ތަނެއްގައި އޭނާ ހުންނެވި އިރު ފެނިގެން ދަނީ ނިއު ޒީލެންޑުގެ އެތައް ހާސް ބަޔަކާއި މުޅި ދުނިޔޭގެ ހުރިހާ އިންސާނުންގެ ލޯތްބާއި ހަމްދަރުދީ ކަމަށެވެ.

”ނިއު ޒީލެންޑް ފުނޑުފުނޑު ނުކޮށްލެވޭނެކަން އަޅުގަނޑުމެން ސާބިތު ކޮށްދީފި. ނިއު ޒީލެންޑަކީ ލޯތްބާއި އެކުވެރިކަމުގެ ނަމޫނާއެއްކަން ދުނިޔެ އަށް މިހާރު ހާމަވާނެ. އަހަރެމެންގެ ހިތްތައް ހަލާކުވެއްޖެ. އެކަމަކު އަހަރެމެން ހަލާކެއް ނުވޭ،“ އޭނާ ވިދާޅުވި އެވެ.

ހުކުރު ނަމާދު ކުރަމުން ދިޔަ އިރު މުސްލިމް ނޫން އެތައް ހާސް ބަޔަކު ވެސް ހިމޭންކަމާ އެކު ސަފުތަކުގެ ފަހަތުގައި ތިއްބެވެ. ގިނަ އަންހެނުން ތިބީ ބުރުގާ ވެސް އަޅައިގެންނެވެ. ހަމަލާ ދިން ދެ މިސްކިތް ވެސް މަރާމާތަށް ފަހު މާދަމާ ހުޅުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

 

0