ޚަބަރު
އިސްލާމިކް މިނިސްޓަރ ޢިލްމު ޖަމްޢިއްޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޢިލްމު ޖަމްޢިއްޔާގެ އިސްބޭފުޅުންނާއި މިއަދު ބައްދަލުކުރައްވަފިއެވެ.

މިބައްދަލުވުމުގައިވަނީ ޢިލްމު ޖަމްޢިއްޔާއިން މިހާރު ކުރިއަށްގެންދާ ޙަރާކާތްތަކާއި ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު މިނިސްޓަރަށް ދެއްވިއެވެ.

މީގެ އިސްލާމިކް މިނިސްޓަރ ވަނީ އިތުރުން ޢިލްމު ޖަމްޢިއްޔާއިން އުއްމަތަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ޢިލްމު.އެމްވީ އިން ހޯދައިފައިވާ ކާމިޔާބު ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޢިލްމު ޖަމްޢިއްޔާއިން ރާވައި ހިންގާ ޙަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާނެކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

0