ޚަބަރު
’ހަވަލި‘ ފެއަރ ގެ ޢިލްމު ޖަމްޢިއްޔާގެ ސްޓޯލް އަށް ޒިޔާރަތްކޮށްފިންތަ؟

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ’ހަވަލި‘ ގައި އިލްމު ޖަމިއްޔާއިންވެސް ބައިވެރިވަމުން އެބަގެންދެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އިންތިޒާމުކުރާ މިފެއަރ އަކީ ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކަށް ބައިވެރިވާ ފެއާއެކެވެ.

ޢާއްމުކޮށް ހުޅުވާލެވިގެން ދަރުބާރުގޭގައި ބާއްވަމުން ގެންދާ މި ފެއަރ ގައި ޢިލްމު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދައްކާލުމާއި ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތުދިނުން ކުރިއަށް ދާނެއެވެ. އަދި ޢިލްމު ޖަމްޢިއްޔާއަށް އެހީވުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުވެސް މު ފެއަރގައި ފޯރުކޮށްދޭނެއެވެ.

 

މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިއަށްދާ މިފެއަރ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 13:00 ން 1800 އަށް އަދި ރޭގަނޑު 2000 އިން 2230 އަށެވެ.

”މި ފެއަރ އަށް ޒިޔާރަތްކުރައްވާ ޢިލްމު ޖަމްޢިއްޔާގެ ސްޓޯލްއަށް ޒިޔާރަތްކޮށްލުމަކީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެއް. އަޅުގަނޑުމެންގެ ސްޓޯލް ނަމްބަރަކީ ’އޭ 37‘. ހުރިހާ ބޭފުޅުންވެސް ވާނެ ޒިޔާރަތް ކޮށްލަށްވަން.“ ޢިލްމު ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވި ޙަސަން ޚަލީލް ވިދާޅުވިއެވެ.

 

0