Uncategorized
އައްޔޫބުގެފާނުގެ އިމްތިޙާނު

ގިނަގުނަވެގެންވާ ބޮޑަތި ނިޢުމަތްތައް ﷲ ތަޢާލާ އައްޔޫބު ޢަލައިހިއްސަލާމަށް ރިޒްޤުކޮށް ދެއްވިއެވެ. ދަނޑުތަކާއި، އެތައް މުދަލާކާއި މޭވާ އާއި ބޮޑުވެގެންވާ މުއްސަދިކަމެއް އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ.

އެކަލޭގެފާނުވީ މުއްސަދި ބޭކަލެއްކަމުގައެވެ. އަދި ﷲ ތަޢާލާ އެކަލޭގެފާނަށް ޞާލިޙު ތަޤުވާވެރި އަނބިކަނބަލެއް ދެއްވިއެވެ. އެކަލޭގެފާނަށް ޚިދުމަތް ކުރާނޭ އެތައް ޚާދިމުންނެއް އެކަލޭގެފާނަށް ލިބިވަޑައިގަންނަވާފައި ވެއެވެ. އެކަލޭގެފާނަށް ނަބީކަމާއި އެކު ބޮޑު މުއްސަނދިކަމެއް ﷲ ތަޢާލާ މިންވަރުކޮށް ދެއްވިއެވެ. ހަމަ އެއާއި އެކު އެކަލޭގެފާނަށް ގިނަ ދަރިންތަކެއް ދެއްވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ސާދަ ދަރިން ދެއްވިއެވެ. އަންހެން ދަރިންނާއި ފިރިހެން ދަރިންނެވެ.
ކުއްލިއަކަށް، މި ނަބިއްޔާއަށް ﷲ ތަޢާލާގެ ހަޟްރަތުން ބޮޑަތި އިމްތިޙާންތަކާއި ކުރިމަތިވާން ފަށައިފިއެވެ.
މި އިމްތިޙާންތަކުގެ ފެށުމަކަށްވީ ، އެކަލޭގެފާނުގެ ހަށިގަނޑަށް ބައްޔެއް ޖެހުމެވެ. އެ ބަލީގެ ސަބަބުން އެކަލޭގެފާނު އެނދުކޮޅެއްގައި ނުތެދުވެވި އޮންނަން ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން ދަރިކަލަކަށްފަހު ދަރިކަލެއް ގެއްލިގެން ދާންފެށިއެވެ. ދުނިޔެއާއި އަލްވަދާޢު ކިޔަން ފެށިއެވެ. ހަމައެއާއި އެކު، އެކަލޭގެފާނުގެ މުދާ ނެތި ގެއްލިދާން ފެށިއެވެ. މުދާކޮޅު ހުސްވާން ފެށިއެވެ. ދަނޑުތަކާއި މޭވާތަކަކާއި މުދާތައް ހަލާކުވެ ގެއްލި ނެތި ހިނގައްޖެއެވެ. އެކައްޗަށްފަހު އަނެކައްޗެކެވެ. ﷲ ގެ ހުސްޠާހިރުވަންތަކަމާއި އެވެ.
އެކަލޭގެފާނު މިޙާލުކޮޅުގައި ބަލިއެނދުކޮޅުގައި އޮވެވަޑައިންނަވާން ޖެހުނީ ކިތައް އަހަރުތޯ ؟ އަށާރަ އަހަރު އެ ހާލުކޮޅުގައި އެކަލޭގެފާނު އޮވެވަޑައިގެންނެވިއެވެ.
އެއްދުވަހެއްގައި، އެކަމަނާ އައްޔޫބު ޢަލައިހިއްސަލާމަށް ކާތަކެތި ހޯއްދެއްވުމަށްޓަކައި ގޭގެއަށް އުޖޫރައަށް މަސައްކަތް ކޮށްދެއްވަން ވަޑައިގެންފިއެވެ. ނަމަވެސް މިއަދު އެއްވެސް ގެއަކުން އެކަމަނާ ބަލައެއް ނުގަތެވެ.
އެކަމަނާ އެހެން ގޮތެއް ނެތުމުން އިސްތަށިގަނޑު ބުރިކޮށްލުމަށްފަހު މަދު ދިރުހަމުކޮޅަކަށް އިސްތަށިގަނޑު ވިއްކަވާލައްވައިފިއެވެ.
އައްޔޫބު ޢަލައިހިއްސަލާމް ﷲ އަށް މިކަން އެނގުމުން ވަރަށް ބޮޑަށް މޮޅިފުޅުވެ، ދުޢާ ދެންނެވިއެވެ. ((وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ )) سورة الأنبياء 83 މާނަ: (( އަދި އައްޔޫބުގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދންނެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން މިއަޅާއަށް ދަތިކަމެއް ޖެހިއްޖެއެވެ. އަދި އިބައިލާހުއީ އެއްމެ ބޮޑަށް ރަޙުމުކުރައްވާ ރަޙުމާންވަންތަ އިލާހެވެ. ))
ﷲ ގެ އިރާދަފުޅާއި އެކު އެކަލޭގެފާނުގެ ބަލިން ސަލާމާތްވާންވީ ވަގުތު ޖެހިއްޖެ އެވެ. އެއްދުވަހެއްގައި އެކަލޭގެފާނު އެނދުގައި އޮއްވައި، ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީ އިއްވެވިއެވެ. ކަލޭގެފާނުގެ ފައިންޕުޅު ހަރަކާތް ކޮށްލައްވާށެވެ. ދެން އެކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވަން ފެއްޓެވިއެވެ. ދެން އެކަލޭގެފާނުގެ ފައިންޕުޅު ދަށުން ފެން އަރަން ފެއްޓެވިއެވެ.  ((ارْكُضْ بِرِجْلِكَ  هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ )) سورة ص42 – މާނަ: (( އެކަލޭގެފާނަށް އެންގެވިއެވެ.ކަލޭގެފާނު ފައިންޕުޅުން ބިންމަތީގައި ޖައްސަވާށެވެ. ( ދެން އެތަނުން ފެން އާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނޭފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި ފެނެކެވެ.))
ދެން އެކަލޭގެފާނު އެފެނުން ފެންވަރަން ފެއްޓެވެމުން ބަލިރަނގަޅުވަމުންގޮސް އެއްކޮށް ރަނގަޅުވެއްޖެއެވެ. ދެން އެކަލޭގެފާނު ފެން ބައްލައިގެންނެވުމުން އެތެރެހަށި އެއްކޮށް ރަނގަޅުވެއްޖެއެވެ.  އަށާރަ އަހަރުވަންދެން ، އެކަލޭގެފާނު ތަހައްމަލު ކުރަމުން ގެންދެވި ބަލި ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަވެއްޖެއެވެ.
ކެއްތެރިކަމާއި ވަކީލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ، ޒުވާންކަމާއި ސިއްޙަތާއި އަނބިކަނބަލުންނާއި، ކުރީގައި އެކަލޭގެފާނަށް ދެއްވި ދަރިންފަދަ ދަރިން އެ އަދަދަށް ދެއްވިއެވެ. ޚާދިމުންނާއި މުދަލާ މުއްސަނދިކަން އަލުން ދެއްވިއެވެ. އަދި އެވަރުންވެސް ނުނިމެއެވެ. އުޑުން އެކަލޭގެފާނަށްޓަކައި ﷲ ތަޢާލާ ރަން ބާވައިލެއްވިއެވެ.

މަޞްދަރު: ދިސަލަފިއްޔާ

0