ނަޞޭޙަތާއި އިރުޝާދު
ސިއްރުން ކިޔަވާ ނަމާދުތަކުގައި އަލްޙަމްދު ކިޔެވުމަށް ފަހު އާމީން ކިޔުން!

ސޫރަތުލް ފާތިޙާ ކިޔެވުމަށް ފަހު ނަމާދުގައި އާމީން ކިޔުމަކީ ވަރަށް މުހިއްމުކަމެކެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.  ((إذا أمن الإمام فأمنوا فإنه من وافق تأمينه تأمين الملائكة غفر له ما تقدم من ذنبه))  = رواه البخاري =  މާނައަކީ؛ ”އިމާމުމީހާ އާމީން ކިޔާ ހިނދު އާމީންކިޔާށެވެ. ފަހެ ހަމަކަށަވަރުން މަލާއިކަތުންނާ އެކު އާމީން ކިއިއްޖެނަމަ އެބައެއްގެ ކުރެވިފައިވާ ހުރިހާ ފާފައެއް ﷲ ފުއްސަވައި ދެއްވައެވެ“.

 ސޫރަތުލް ފާތިޙާ ކިޔެވުމަށް ފަހު ނަމާދުގައި އާމީން ކިޔަން ވާނެއެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރާށް އާމީން ކީ ނަމަވެސް ސިއްރުން ކިޔަވާނަމާދުގައި އާމީން ކިޔާނީ މަޑުންނެވެ.  ހިލޭ ފިރިހެނުންގެ ޙާޟިރުގައި ނޫންނަމަ އަންހެން ކަނބަލުންނަށްވެސް އޮތީ މިކަމުގައި ފިރިހެނުންގެ ޙުކުމެވެ. މިހެނީ ނަމާދުގައި އިމާމުމީހާއަށް ކުށެއް ކުރެވިއްޖެނަމަ އެންގުމަށްޓަކައި ވެސް އަޑު އުފުލުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ އަންހެނުންނަށް މަނާ ކުރައްވާފައެވެ. މިޙާލަތުގައި އަންހެނުން ޖެހެނީ އެއްއަތުގެ ފިށަތުގައި އަނެތްއަތުގެ ބަނޑުފުށުން ޖަހާލާށެވެ. البخاري

 

މަސްދަރު: ނޫރުލްއިސްލާމް

9