ޚަބަރު
ދަޢުވާ ކުރެވޭ މައްސަލަތަކުގެ ޝަރީޢަތްތައް އަވަހަށް ނިންމުމަކީ ޢަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެއް – ޚުތުބާ

ދަޢުވާ ކުރެވޭ މައްސަލަތަކުގެ ޝަރީޢަތްތައް އަވަހަށް ނިންމުމަކީ ޢަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި  ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ ”ދަޢުވާ ކުރެވޭ މައްސަލަތަކުގެ ޝަރީޢަތްތައް އަވަހަށް ނިންމުމަކީ ޢަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެކެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބެން ޖެހެއެވެ. އަދި ކުށެއް ނުކުރާހާ ހިނދަކު ކުށްވެރި ނުވެ ހުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ކަށަވަރުވާން ޖެހެއެވެ. އަދި ހަމައެހެންމެ ކުށަކަށް އަރައިގަނެފިނަމަ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްޔިތަކަށްމެ ޤަބޫލުކުރެވޭ މިންވަރަށް ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާވާން ޖެހެއެވެ. އަދި ހަމައެހެންމެ ކުށަކަށް އަރައިގަނެފިނަމަ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްޔިތަކަށްމެ ޤަބޫލުކުރެވޭ މިންވަރަށް ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާވާން ޖެހެއެވެ.“

އިތުރަށް ޚުތުބާގައި ވަނީ ”ހަމަކަށަވަރުން ޢަދުލުވެރިކަމަކީ އިންސާނުންގެ ކަރާމާތްތެރިކަން ދެމެހެއްޓުމުގެ އަސާސްތަކުގެ ތެރެއިން ވާކަމެކެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ޢަދުލުވެރިވާން ޖެހެއެވެ. އަދި ސަމާވީ ރިސާލަތްތައް ބާވައި ލެއްވުމުގެ މަޤްޞަދަކީ މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުކުރުމެވެ.“

މީގެ އިތުރުން ޢަދުލުވެރިވުމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، އަނބިމީހާ އާއި ދަރީންގެ މެދުގައި ޢަދުލުވެރި ވުން ކަމަށާއި ގެއެއްގައި ނަމަ، އެގޭގެ މަސްއޫލުވެރި ފަރާތަކީ ފިރިމީހާކަމަށް ވާއިރު، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި، އަނބިމީހާއާ މެދު މުޢާމަލާތްކުރަން ޖެހޭނީ ޢަދުލު އިންސާފުން ކަމަށާއި އޭނާގެ ޙައްޤުތައް ދެނެގަނެ، އެ ޙައްޤުތައް ފުރިހަމައަށް އަދާކޮށް، ޢަދުލުވެރިވުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

0