ނަޞޭޙަތާއި އިރުޝާދު
ހެޔޮކަމެއް ކުރުމަށް ހިތް ނޭދޭ ނަމަ ހަދާނީ ކިހިނެތް؟

ހެޔޮކަމެއް (މިސާލަކަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް) ކުރަން ހިތްނޭދޭނަމަ އެކަމެއް އަމިއްލަ  ނަފްސަށް މަޖްބޫރުކޮށްގެން ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އަދި އެކަމެއް ކުރުމުން ސަވާބުލިބޭނެތޯއެވެ؟

ޖަވާބު: ހެޔޮކަމަކަށް ހިތްނޭދޭ ހާލު ހިތްޖެއްސުމަށްޓަކާ ތިމާއަށް އެކަން މަޖްބޫރުކޮށްގެން އެކަމެއްގައި ދެމިހުންނަން މަސަކަތްކުރުމަކީ އެންމެ ރަނގަޅުކަމެކެވެ. އަދި އެކަމުން އިރާދަކުރެއްވިއްޔާ ސަވާބުވެސް ލިބޭނެއެވެ. ކަންތައްތަކާމެދު ކެތްކުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލިކުގެފާނު ރިވާކުރައްވާގޮތުގައި ރަސޫލުﷲ އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވަތެވެ. އަދި ޙަދީޘުކުރައްވާފައި އެވެ. كَمْ مِنْ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ يَوْمَ الْقِيَامَةِ أَيْقِظُوا صَوَاحِبَ الْحُجَرِ މާނައީ: ދުނިޔޭގެ ނިޢުމަތާއި އަރާމުގައި އުޅެފައިވާ ވަރަށް ގިނަމީހުން އާޚިރަތުގައި ބޭޒާރުވެ ނިކަމެތިޙާލުގައި އުޅެން ދިމާވާނެއެެވެ. އެހެންކަމުން ތިޔަބައިމީހުން އަނބިދަރިން ނިދީން ހޭލައްވާ ދަމުނަމާދަށް ތެދުކުރާށެވެ. މިއެވެ. މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީއެވެ. والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

 

މަސްދަރު: ނޫރުލްއިސްލާމް

0