ނަޞޭޙަތާއި އިރުޝާދު
އަނބިމީހާ ވުޟޫކޮށްގެން ހުއްޓާ ފިރިމީހާގެ ގައިގައި ޖެހުމުން ވުޟޫ ގެއްލޭތަ؟

އަންހެނެއްގެ ގައިގާ ހުރަހަކާ ނުލާ ބީހުމުން ވުޟޫގެއްލުމާ ގުޅޭގޮތުން ޢިލްމްވެރިންގެ މެދުގައި މަޝްހޫރު 3 ރައުޔެއްވެއެވެ. އެއީ:

1- ވުޟޫގެއްލުން

2- ޝަހްވަތްތެރިކަމާއި އެކުގައި ނަމަ ވުޟޫގެއްލުން

3- ވުޟޫނުގެއްލުން.

މި ރައުޔު ތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ރައުޔަކީ ވުޟޫނުގެއްލޭނެކަމަށް ބުނާ ރައުޔެވެ. އެހެނީ ރަސޫލާ  صلى الله عليه وسلم އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަބަލުންނަށް ބޮސްދެއްވުމަށްފަހު އަލުން ވުޟޫނުކުރައްވާ ނަމާދުކުރައްވާ ކަމަށް ވާރިދުވެފައިވެއެވެ.  والله أعلم

ޖަވާބު ދެއްވީ: އަލްއުސްތާޛު އަޙްމަދު ނިޡާމް

 

މަސްދަރު:ނޫރުލްއިސްލާމް

0