ނަޞޭޙަތާއި އިރުޝާދު
ކުރުވާހަކަ: ޒުވާބު

އެއް ރެޔަކު ދިމާވި ކަމެއްގެ ސަބަބުން އަހަރެން ރުޅި އިސްކޮށް ފިރިމީހާޔާއި ޒުވާބު ކުރީމެވެ. މިކަމުގެ ސަބަބުން ލިބުނު ނުތަނަވަސްކަން ފިލުވާލުމަށް ފިރިމީހާ ގެއިން ބޭރަށް ދިޔައެވެ. ފިރިމީހާ ބޭރަށް ދިޔުމުން މި ހިނގި ޒުވާބާއިމެދު އަހަރެން ވިސްނަން އިންދާ ގޭގެ ފޮތް ހަރުގައި އޮތް މުޞްހަފެއް ފެނިގެން ހުޅުވާލިތަނާ މި އާޔަތް ފެނުނެވެ.

(.. وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ) سورة الشورى 37 އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ. އެ ރެޔަށްފަހު އަހަރެމެން ދެމަފިރިން ދެމެދުގައި ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، ރުޅި އިސްކުރުމުގެ ބަަދަލުގައި އަހަރެން އަބަދުވެސް އިސްކުރަނީ ޢަފޫކުރުމެވެ. މަޞްދަރު: ليدبروا آياته

1