ޚަބަރު
ރިބާގެ ލޯނު އެއްވެސް ބޭފުޅަކު ނުނަންގަވާ – ޝެއިޚް ޢަލީ ޒައިދު

ރިބާގެ ލޯނު އެއްވެސް ބޭފުޅަކު ނުނެންގެވުމަށް ޝެއިޚް ޢަލީ ޒައިދު ގޮވާލައްވާފިއެވެ.

ޝެއިޚް މިހެންވިދާޅުވީ ޝެއިޚުގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް އިތުރަށް ލިޔުއްވާފައިވަނީ “ ރިބާގެ ލޯނު އެއްވެސް ބޭފުޅަކު ނުނެންގެވުން އެދެން. ކަނޑައެޅިގެން ހަރާމް! ވިޔަފާރިއެއް ފަށަންވިޔަސް، މި ރިބާގެ ލޯނު ނުނަންގަވާ! އަދި މިފަދަ ލޯނުތަކާއި ކައިރިވެ ނުލައްވާ! ބަރަކާތް ނުހުންނާނެ! ޙިކުމަތްވަންތަ ﷲ އަމުރުކުރައްވަނީ ރިބާއާއި ދުރުވުމަށް! “

ޝެއިޚް މިހެން ގޮވާލެއްވި އިރު ރާއްޖޭގެ ބައެއް ބޭންކްތަކުންވަނީ ދާދިފަހުންވެސް ލުއި ލޯންނަމުގައި ބޮޑު އަދަދުތަކެއް ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފައެވެ.

 

https://www.facebook.com/SheikhAliZaid1/posts/2341191169434038

 

0