ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީން ފަށާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ފެބްރުއަރީ 02ވަނަ ދުވަހުން ފެށިގެން ފެބުރުއަރީ 04ވަނަ ދުވަހަށް ލ.ފޮނަދޫ އަދި ލ.ގަމުގައި އޯޕަންޑޭއެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށް އިސްލާމިކް ޔުނިވާރސިޓީ ހާމަކޮށްފިއެވެ.
ފެބުރުއަރީ 02ވަނަ ދުވަހު އޯޕަންޑޭ އޮންނާނީ ލ.ފޮނަދޫގެ އަތޮޅު ތަޢުލީމީ މަރުކަޒުކަމަށާއި ފެބުރުއަރީ 03ވަނަ ދުވަހު ލ.ގަން ތުނޑީ ސްކޫލު (ކުރީގެ) ގައެވެ. އަދި އޭގެއިތުރުން ފެބުރުއަރީ 04ވަނަ ދުވަހު ލ.ފޮނަދޫ ކައުންސިލް އިދާރާގައިވެސް އޮންނާނެއެވެ.
އޯޕަންޑޭގައި ކޯސް ތަކާއިބެހޭ މަޢުލޫމާތު އިތުރުން އެޕްލިކޭޝަން ފޯމު ފުރުމާއި އެކު ވަގުތުން ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
އައިޔޫއެމް އިން މިހާރުވެސް ވަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް އާއި ޕީ.އެޗް.ޑީ ފެންވަރުގެ ކޯސްތައްވެސް ހިންގަމުންނެވެ.