ޚަބަރު
”ކުއްލި މަރު“ މި މަޢުލޫއަށް ފޮނަދޫގައި ވަރަށް ޚާއްސަ ދަރުހެއް

ލ.ފޮނަދޫ ކައުންސިލް އިން ސިލްސިލާކޮށް ބާއްވަމުންދާ ދަރުސް ޕުރޮގުރާމްތަކުގެތެރެއިން 31 ޖެނުއަރީ 2019 ފެށިގެން 02 ފެބްރުއަރީ 2019އަށް ޢައްޝެއިޚް ޢަބުދުﷲ ސަޢުދާން އަދި ޢައްޝެއިޚް ޝުޢައިބު ނާޒިމްގެ ވަރަށް ޚާއްޞަ ދަރުސް ޕުރޮގުރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެގޮތުން ލ.ފޮނަދޫ ކައުންސިލްގެ ދީނީ ގޮފިން ބާއްވާ މި ޚާއްޞަ ދަރުސް ޕުރޮގުރާމްތަކުގެތެރެއިން ބޮޑު ދަރުސް އޮންނާނީ ލ.ފޮނަދޫ ބަރާސިލް، ފިނި މައިޒާން (ކުރީ އަންހެނުންގެ މަރުކަޒު ހުރި ބިން) ގައެވެ. ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ފަށާ މިދަރުހުގެ މަޢުލޫއަކީ “ކުއްލި މަރު” އެވެ.

ބުރާސްފަތިދުވަހުގެ ރޭގެ ބޮޑު ދަރުހުގެ އިތުރުން ފޮނަދޫގެ ހުރިހާ މިސްކިތްތަކެއްގައިވެސް ނަމާދު ވަގުތުތަކަށްފަހު ދަރުސް ދެއްވާނެއެވެ.

 

0