1. ކާފިރުން
މާތް ﷲ ވަޙީކުރެއްވިއެވެ. ”وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ “ سورة البقرة 276
މާނައީ: ”އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.“
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. ”فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِينَ“ سورة آل عمران 32
މާނައީ: ”ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
2. އަނިޔާވެރިން
މާތް ﷲ ވަޙީކުރެއްވިއެވެ. ”وَاللَّـهُ لَا يُحِبُّ الظَّالِمِينَ“ سورة آل عمران 57
މާނައީ: ”އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
3. ތިމާގެ މޮޅުކަން ތިމާއަށްފެނި ބޮޑާވާ މީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا“ سورة النساء 36
މާނައީ: ”ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
4. ފަސާދަކުރާމީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. “ وَاللَّـهُ لَا يُحِبُّ الْمُفْسِدِينَ“ سورة المائدة 64
”ފަހެ، ފަސާދަ ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
5. ހައްދުފަހަނައަޅައިދާ މީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. “ يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّـهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّـهَ لَا يُحِبُّ الْمُعْتَدِينَ“ سورة المائدة 87
މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، ﷲ ޙަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން ޙަރާމް ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނައަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
6. އިސްރާފުކުރާމީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. ”وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ“ سورة الأنعام 141
މާނައީ: ”އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.“
7. ޚިޔާނާތްތެރިން
މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّ اللَّـهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا“ سورة النساء 107
މާނައީ: ”ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. ”إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ“ سورة الأنفال 58
މާނައީ: ”ހަމަކަށަވަރުން، خيانة ތެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“
8. ބޮޑާވެގަންނަމީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ“ سورة النحل 23
މާނައީ: “ ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.“
9. ބޮޑާވުމުގެ ގޮތުން އުފާކުރާމީހުން
މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّ اللَّـهَ لَا يُحِبُّ الْفَرِحِينَ“ سورة القصص76
”ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.“