ފަތުވާ
ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތް މީހާ ހަދާނީ ކިހިނެތް؟

ފަސޭހަވާނެ ކަމަށް އުއްމީދު ކުރެވޭ ބައްޔެއް ޖެހިފައިވާމީހާއަށް ރޯދަ ދޫކޮއްލުން ހުއްދައެވެ. އަދި ބަލި ފަސޭހަ ވުމުން، ދޫކޮއްލި ރޯދަތައް ޤަޟާ ކުރަންޖެހޭނެއެވެ. ރޯދަ ދޫކޮއްލެވޭނީ އެބައްޔެއްގެ ސަބަބުން ރޯދައަށް ހުރުމަށް އުނދަގޫވާނަމައެވެ.
ފަސޭހަވާނެކަމަށް އުއްމީދު ނުކުރެވޭފަދަ ބައްޔެއް ޖެހިފައިވާމީހާ ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ރޯދަހިފުމަށް ކުޅަދާނަކަން ނެތްމީހާގެ މައްޗަށް ރޯދަ ވާޖިބެއް ނޫނެވެ. އެމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ފިދްޔަ ދިނުމެވެ. އެއީ ދޫކޮއްލި ކޮންމެ ރޯދައަކަށް، މިސްކީނަކަށް ކާންދިނުމެވެ.
ބަލިޙާލު ހުރިގޮތުން ދާއިމީ ބަލީގައި އުޅެންޖެހޭ މީހުން، ޖެހޭނީ ފިދްޔަ ދޭށެވެ. ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނީ، ޞާޢެއްގެ ދެބައި ކުޅަ އެއް ބައި މިންވަރުންނެވެ. އެއީ 1.5ކިލޯގްރާމެވެ. 30 ރޯދަ ނަމަ 30 ގުނަ. 1.5 އެއީ 45 ކިލޯ ގްރާމެވެ. ހަނޑުލުން ދިނަސް ރަނގަޅުވާނެއެވެ.
ރޯދައަށް 1.5 ކިލޯގްރާމް ކައްކާފަ ކާތަކެތީގެ ގޮތުގައި ދިނަސް ރަނގަޅުވާނެއެވެ. ނުކައްކާ 1.5 ކިލޯގްރާމް ހަނޑޫ ދިނަސް ރަނގަޅުވާނެއެވެ.

ޖަވާބު ދެއްވީ:
الشيخ محمد شافع حفظه الله

0