1. އިޙްސާންތެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ” سورة البقرة 195
މާނައީ: ތިޔަބައިމީހުން .އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން އިޙުސާންތެރިން ދެކެ ﷲ ލޯބިވެވޯޑިގަންނަވައެވެ
2. ގިނަގިނައިން ތައުބާވާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ التَّوَّابِينَ” سورة البقرة 222
.މާނައީ: ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ
3. ޠާހިރުވާމީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَيُحِبُّ الْمُتَطَهِّرِينَ” سورة البقرة 222
.މާނައީ: އަދި ޠާހިރުވާމީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ
4. ތަޤްވާވެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ” سورة آل عمران 76
.މާނައީ: ފަހެ ހަމަކަށަވަރުން ތަޤްވާވެރިންދެކެ ﷲ ލޯވިވެވޮޑިގަންނަވައެވެ
5. ކެތްތެރީން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَاللَّـهُ يُحِبُّ الصَّابِرِينَ” سورة آل عمران 146
.މާނައީ: ކެތްތެރީންދެކެ ﷲ ލޯބިވެވޮޑިގަންނަވައެ
6. އެކަލާނގެއަށް ވަކީލުކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. ” إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ” سورة آل عمران 159
.މާނައީ: ވަކީލުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ
7. ޢަދުލަށް ޙުކުމްކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ” سورة المائدة 42
.މާނައީ: ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ
8.ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ” سورة الصف 4
މާނައީ: ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގަންނަވައެވެ
Varah gina darus thakeh libunee shukuran adhi mifadha ithuru dharus thakah ummeedhu kuran.