ދިވެހި މުޖުތަމަޢުގައި އަންހެންކުދިން ކައިވެނިކޮށް، ފިރިމީހާގެ ގެއަށް ދާހިނދު، ފިރިމީހާގެ ބޭބެއިންނާއި، ފިރިހެން ކޮއްކޮއިން، މަޙުރަމުންގެ ޙައިޘިއްޔަތުން ދެކުމަކީ ޒަވާޖީޙަޔާތުގައި ވެވޭ ވަރަށްބޮޑު އިހުމާލެކެވެ. ޙަޤީޤަތުގައި ހިލޭފިރިހެނުންގެ ޙައިޡިއްޔަތުން އެމީހުންގެ ކުރިމަތީގައި އަންހެންކުއްޖާ ލަދުވެތިވުމާއި، ފަރުދާވެގެން އުޅުން މާއައުލާކަން ބޮޑެވެ. އެހެނީ އެމީހުންގެ ނަޒަރު އެކުއްޖާގެ މައްޗަށް މާބޮޑަށް ތޫނުވާނެއެވެ.
ރަސޫލާ ޙަދީޘްކުރެއްވިއެވެ.
عَنْ عُقْبَةَ بْنِ عَامِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ “. فَقَالَ رَجُلٌ مِنَ الأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ. قَالَ “ الْحَمْوُ الْمَوْتُ “.
މާނައީ: ”އަންހެނުންގެ ގާތަށް ދިއުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ.“ އަންޞާރީ ޞަހާބީބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެކަނބަލުންގެ ފިރިންގެ ތިމާގެ ފިރިހެނުންނަށް ދެވިދާނެތޯއެވެ! ޙަދީޘްކުރެއްވިއެވެ. ”ފިރިމީހާގެ ތިމާގެ ފިރިހެނާ މަރެއްފަދައެވެ.“ (އެބަހީ އޭނާގެ ނުރައްކާތެރިކަން މާބޮޑެވެ)
(މަސްދަރު: އައްޝެއިޚް މުޙައްމަދު އިބްރާހީމް ނައިފަރު -ފޭސްބުކް-)