ދީން
ވާރުތަވުމާއި ބެހުމުގެ މިންވަރުތައް

الفروض المقدرة في القرآن (ކީރިތި ޤުރުއާނުގައި ކަނޑައެޅިފައިވާ މިންވަރުތައް) ހައެކެވެ. އެއީ:
1- النصف. 1/2
2- الرُّبع. 1/4
3- الثُّمن. 1/8
4- الثلثان. 2/3
5- الثلث. 1/3
6- السدس. 1/6

1/2 ލިބޭނީ ފަސް ފަރާތަކަށެވެ. އެއީ:
1. ފިރިމީހާ الزوج
2. އަންހެންދަރި البنت
3. ފިރިހެންދަރީގެ އަންހެންދަރި بنت الإبن
4. އެއްބަނޑު އެއްބަފާ އުޚުތު الأخت الشقيقة
5. އެއްބަފާ އުޚުތު الأخت لأب

2/3 ލިބޭނީ ހަތަރު ފަރާތަކަށެވެ. މި ފަރާތްތަކަށް 2/3 ލިބޭނީ 2 އަކަށްވުރެ ގިނަ ނަމައެވެ. އެއީ:
1. އަންހެންދަރީން البنات
2. ފިރިހެންދަރީގެ އަންހެންދަރީން بنات الإبن
3. އެއްބަނޑު އެއްބަފާ އުޚުތުން الأخوات الشقائق
4. އެއްބަފާ އުޚުތުން الأخوات لأب

1/3 ލިބޭނީ 2 ފަރާތަކަށެވެ.
1. މަންމަ الأم
2. އެއްބަނޑު އަޚުންނާއި އުޚުތުން الإخوة لأم

1/4 ލިބޭނީ 2 ފަރާތަކަށެވެ.
1. ފިރިމީހާ الزوج
2. އަނބިމީހާ ނުވަތަ އަނބީން الزوجة أو الزوجات

1/8 ލިބޭނީ އަނބިމީހާ ނުވަތަ އަނބީން (الزوجة أو الزوجات) އަށެވެ.

1/6 ލިބޭނީ 7 ފަރާތަކަށެވެ.
1. ބައްޕަ الأب
2. މަންމަ الأم
3. ކާފަ الجد
4. މާމަ الجدة
5. ފިރިހެންދަރީގެ އަންހެންދަރި بنت الإبن
6. އެއްބަފާ އުޚުތު ނުވަތަ އެއްބަފާ އުޚުތުން الأخت أو الأخوات لأب
7. އެއްބަނޑު އަޚް ނުވަތަ އުޚުތު الأخ أو الأخت لأم
މުދާ ލިބޭގޮތުން ވާރުތަވެރިންގެ ބައިތައް
ހަމައެކަނި ފަރުޟުން ލިބޭ މީހުން
ހަމައެކަނި ތަޢުޞީބުން ލިބޭ މީހުން
ފަރުޟުންނާއި ތަޢުޞީބުން ލިބޭ މީހުން
ފަރުޟުން ނުވަތަ ތަޢުޞީބުން ލިބޭ މީހުން
ފުރަތަމަ ބައި: ހަމައެކަނި ފަރުޟުން ލިބޭ މީހުން
މަންމަ الأم
އެއްބަނޑު އަޚު
އެއްބަނޑު އުޚުތު
މާމަ الجدة
ފިރިމީހާ
އަނބިމީހާ
ހަމައެކަނި ތަޢުޞީބުން ލިބޭ މީހުން
ފިރިހެންދަރީ
ފިރިހެންދަރީގެ ފިރިހެންދަރި
އެއްބަނޑު އެއްބަފާ އަޚު
އެއްބަފާ އަޚު
އެއްބަނޑު އެއްބަފާ އަޚުގެ ފިރިހެން ދަރިން
އެއްބަފާ އަޚުގެ ފިރިހެންދަރިން
ބައްޕަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެ
ބައްޕަޔާ އެއްބަފާ ބޮޑުބޭބެ
ބައްޕަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރިން
ބައްޕަޔާ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރިން
معتق/معتقة
ފަރުޟުންނާއި ތަޢުޞީބުން ލިބޭ މީހުން
މި ބައިގައި ހިމެނޭ މީހުންނީ ބައެއްފަހަރު ފަރުޟުން އަނެއްބައިފަހަރު ތަޢުޞީބުން އަދި އަނެއްބައިފަހަރު ފަރުޟުންނާއި ތަޢުޞީބުން މި ދެ ގޮތަށް އެއްފަހަރާ މުދާ ލިބޭ މީހުންނެވެ.
އެއީ:
ބައްޕަ
ބައްޕަގެ ބައްޕަ
ފަރުޟުން ނުވަތަ ތަޢުޞީބުން ލިބޭ މީހުން
މި ބައިގައި ހިމެނޭ މީހުންނީ ބައެއް ފަހަރު ފަރުޟުން އަނެއްބައި ފަހަރު ތަޢުޞީބުން ލިބޭ މީހުންނެވެ. މި ބައިމީހުންނަށް އެއްވެސް ޙާލެއްގައި ދެ ގޮތުން އެއްފަހަރާ މުދާ ނުލިބޭނެއެވެ.
އެއީ:
އަންހެންދަރި
ފިރިހެންދަރީގެ އަންހެން ދަރި
އެއްބަނޑު އެއްބަފާ އުޚުތު
އެއްބަފާ އުޚުތު
އަނބިމީހާ
އަނބިމީހާއަށް ވާރުތަމުދާ ލިބުމުގައި ދެ ޙާލަތެއްވެއެވެ.

    މުދަލުގެ ހަތަރުބައިކުޅަ އެއްބައި ލިބޭ ޙާލަތު

ޝަރުތަކީ: މަރުވިމީހާގެ ދަރިއަކު ނުވަތަ ކާފަ ދަރިއަކު ނެތުމެވެ.
ދަލީލަކީ:
وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ
އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ.
النساء 12
މިސާލަކަށް މީހަކު މަރުވިއިރު އޭނަގެ އަނބިމީހާއާއި ބޮޑުބޭބެ ދޫކޮށްފައި ދިޔަނަމަ މުދާ ބެހިގެންދާނީ އަންނަނިވި ގޮތަށެވެ.
އަނބިމީހާ 1/4
ބޮޑުބޭބެ ބާކީ

    މުދަލުގެ އަށްބައިކުޅަ އެއްބައި ލިބޭ ޙާލަތު

ޝަރުތަކީ: މަރުވިމީހާގެ ދަރިއަކު ނުވަތަ ކާފަ ދަރިއަކު ހުރުމެވެ..
ދަލީލަކީ:
فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم
ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ.
ބައްޕަ
ބައްޕައަށް މުދާ ލިބޭ ތިން ހާލަތެއްވެއެވެ.
މަރުވި މީހާގެ މުދަލުން ⅙ ލިބޭ ޙާލަތު
ޝަރުތަކީ މަރުވިމީހާގެ ފިރިހެން ދަރިން ތިބުމެވެ. ދަލީލަކީ:
وَلِأَبَوَيهِ لِكُلِّ واحِدٍ مِنهُمَا السُّدُسُ مِمّا تَرَكَ إِن كانَ لَهُ وَلَدٌ
”އަދި އެ މަރުވި މީހާގެ ދަރިއަކު ހުރިނަމަ، އޭނާގެ މަންމައާއި ބައްޕައާއި ދެމީހުންކުރެ ކޮންމެ މީހަކަށް އެ މަރުވިމީހާގެ މުދަލުގެ ހަބައިކުޅަ އެއްބައެވެ.“
މިސާލަކަށް މީހަކު މަރުވިއިރު އޭނާގެ ބައްޕައާއި ފިރިހެންދަރި ދޫކޮށްފައި ދިޔަނަމަ މުދާ ބެހިގެންދާނީ އަންނަނިވި ގޮތަށެވެ.
ބައްޕަ 1
ފިރިހެންދަރި 5
މަރުވި މީހާގެ މުދަލުން ⅙ އާއި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ މަރުވިމީހާގެ އަންހެން ދަރިއަކު ހުރުން އަދި ފިރިހެންދަރިޔަކު ނެތުމެވެ. ހަބައިކުޅަ އެއްބައި ލިބޭނެ ކަމުގެ ދަލީލަކީ:
وَلِأَبَوَيهِ لِكُلِّ واحِدٍ مِنهُمَا السُّدُسُ مِمّا تَرَكَ إِن كانَ لَهُ وَلَدٌ
”އަދި އެ މަރުވި މީހާގެ ދަރިއަކު ހުރިނަމަ، އޭނާގެ މަންމައާއި ބައްޕައާއި ދެމީހުންކުރެ ކޮންމެ މީހަކަށް އެ މަރުވިމީހާގެ މުދަލުގެ ހަބައިކުޅަ އެއްބައެވެ.“
އަދި މުދަލުގެ ބާކީ ބައި ލިބޭނެކަމުގެ ދަލީލަކީ: ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވައިފައިވެއެވެ.
أَلْحِقُوا الْفَرَائِضَ بِأَهْلِهَا، فَمَا بَقِيَ فَهُوَ لِأَوْلَى رَجُلٍ ذَكَرٍ. مُتَّفَقٌ عَلَيْهِ.
ފަރުޟުން ލިބޭބައި އޭގެ އަހުލުވެރިންނަށް ދޭށެވެ. ދެން ބާކީވާ ބައި އެންމެ އައުލާކަން ބޮޑު ފިރިހެނަކަށެވެ.
މިސާލަކަށް މީހަކު މަރުވިއިރު އޭނާގެ ބައްޕައާއި އަންހެންދަރި ދޫކޮށްފައި ދިޔަނަމަ މުދާ ބެހިގެންދާނީ އަންނަނިވި ގޮތަށެވެ.
ބައްޕަ 2+1
އަންހެންދަރި 3
ބައްޕައަށް ހަމައެކަނި ތަޢުޞީބުން ބާކީ ލިބޭ ޙާލަތު
ޝަރުތަކީ މަރުވިމީހާގެ އެއްވެސް ދަރިޔަކު ނެތުމެވެ.
ދަލީލަކީ:
ފަރުޟުން ލިބޭބައި އޭގެ އަހުލުވެރިންނަށް ދޭށެވެ. ދެން ބާކީވާ ބައި އެންމެ އައުލާކަން ބޮޑު ފިރިހެނަކަށެވެ.
މިސާލަކަށް މީހަކު މަރުވިއިރު އޭނާގެ ބައްޕައާއި ފިރިމީހާ ދޫކޮށްފައި ދިޔަނަމަ މުދާ ބެހިގެންދާނީ އަންނަނިވި ގޮތަށެވެ.
ބައްޕަ (ފިރިމީހާ އަށް ދިނުމަށް ފަހު ބާކީ)
ފިރިމީހާ 1/2

މަންމައަށް މުދާ ލިބޭ ތިން ހާލަތެއްވެއެވެ.
މުދަލުން މަންމައަށް ⅓ ލިބޭ ޙާލަތު
ޝަރުތަކީ:
1. މަރުވިމީހާގެ ދަރިއަކު ނެތުން ނުވަތަ
2. އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އެކަކަށްވުރެ ގިނައިން ނެތުން
ދަލީލު: ”ފަހެ މަރުވި މީހާގެ ދަރިޔަކު ނުވާނަމަ އަދި ހަމައެކަނި އޭނާގެ މަންމައާއި ބައްޕައަށް ވާރުތައަރާ ނަމަ، ފަހެ އޭނާގެ މަންމައަށް ތިން ބައިކުޅަ އެއްބައެވެ.“
މަރުވި މީހާގެ މުދަލުން ⅙ ލިބޭ ޙާލަތު
ޝަރުތަކީ:
1. މަރުވި މީހާގެ ދަރިން ތިބިނަމަ ނުވަތަ
2. މަރުވިމީހާގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ މީހުން ނުވަތަ އެއަށްވުރެ ގިނައިން ތިބި ނަމައެވެ.
”އަދި، މަރުވި މީހާގެ ދަރިއަކު ހުރި ނަމަ އޭނާގެ މަންމަ އާއި ބައްޕަ އާއި ދެމީހުންކުރެ ކޮންމެ މީހަކަށް އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައި ކުޅަ އެއްބައެވެ.“
”ފަހެ، އެ މަރުވި މީހާގެ އަޚުންނާއި އުޚުތުން އެކަކަށްވުރެ ގިނައިން ތިބިނަމަ ފަހެ އޭނާގެ މަންމައަށް ހަބައިކުޅަ އެއްބައެވެ.“

ބާކީ ގެ ތިން ބައިކުޅަ އެއްބައި ލިބޭ ޙާލަތު
ޝަރުތަކީ މަރުވިމީހާގެ ދަރިއަކު ނެތިފައި މައްސަލާގައި މަންމައާއި ބައްޕަ ފިޔަވައި މުދާ ލިބޭ މީހަކީ ހަމައެކަނި އަނބިމީހާ ނުވަތަ ފިރިމީހާ ކަމުގައިވާނަމައެވެ. ދަލީލު:
عمر بن الخطاب رضي الله عنه ގެ ދުވަސްވަރު އެކަލޭގެފާނުގެ އަރިހަށް މި މައްސަލައިގައި އައުމުން މިގޮތަށް ނިންމަވާފައިވެއެވެ. މި މައްސަލައަށް ކިޔަނީ العمرية އެވެ.
”ފަހެ މަރުވި މީހާގެ ދަރިޔަކު ނުވާނަމަ އަދި ހަމައެކަނި އޭނާގެ މަންމައާއި ބައްޕައަށް ވާރުތައަރާ ނަމަ، ފަހެ އޭނާގެ މަންމައަށް ތިން ބައިކުޅަ އެއްބައެވެ.“
މި އާޔަތުގައި މިވަނީ ދަރިއަކު ނުވާނަމަ މުދާ ލިބޭނީ މަންމައާއި ބައްޕައަށް ކަމުގައެވެ. މި އާޔަތުގައި މިވަނީ ދަރިޔަކު ނެތި ހަމައެކަނި މަންމައާއި ބައްޕަ ތިބޭއިރު ކަންތައް ކުރާނެ ގޮތެވެ. މި އާޔަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ ހުރިނަމަ ކަންތައްކުރާނެ ގޮތް ޤުރުއާނުގައި ބަޔާންކުރައްވައިފައިނުވެއެވެ.
އަންބަކު ނުވަތަ ފިރިޔަކު ހުރިނަމަ ވާރުތަ މުދާ ބަހާނެގޮތެއް ހޯދުމުގެ ގޮތުން ބަލާނީ ޢާއްމުކޮށް ވާރުތަ ބެހުމުގެ އުޞޫލަށެވެ. އެއީ އެއްފެންވަރެއްގައި ދެމީހުން ތިބިނަމަ ފިރހެނަކަށް ލިބޭނީ އަންހެނަކަށް ލިބޭ ވަރުގެ ދެގުނައެވެ.

އަންހެންދަރި
އަންހެންދަރިންނަށް މުދާ ލިބޭ 3 ޙާލަތެއް ވެއެވެ.
މުދަލުން ދެބައިކުޅަ އެއްބައި ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. އެންމެ އަންހެން ކުއްޖަކު ހުރުން
ދަލީލަކީ: ”އަދި އެއީ އެންމެ އަންހެން ދަރިއެއް ކަމުގައި ވާނަމަ ފަހެ އެ ކަނބުލޭގެއަށް ދެބައިކުޅަ އެއްބައި އެވެ.
މިސާލަކަށް މީހަކު މަރުވިއިރު އޭނާގެ އަންހެން ދަރިއަކާއި ބޮޑުބޭބެ ދޫކޮށްފައި ދިޔަނަމަ އެބައިމީހުންނަށް މުދާ ލިބޭނީ އަންނަނިވި ގޮތަށެވެ.
އަންހެންދަރި 1
ބޮޑުބޭބެ 1 (ބާކީ)
މުދަލުން ތިންބައި ކުޅަ ދެބައި ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ދެ އަންހެން ދަރިން ނުވަތަ އެއަށްވުރެ ގިނަވުން
ދަލީލު: ”އެކަނބަލުންގެ އަދަދު ދެމީހުންނަށްވުރެ ގިނަ ކަމުގައި ވާނަމަ، މަރުވި މީހާ ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެ ބައި އެކަނބަލުންނަށެވެ.“

عصبة بالغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ މައްސަލާގައި މަރުވި މީހާގެ އަންހެން ދަރިންނާއި އެކު ފިރިހެން ދަރިޔަކު ހުރުމެވެ. تعصيب ން މުދާ ލިބޭ ގޮތަކީ ދެ އަންހެން ދަރިންނަށް ލިބޭ ވަރު ފިރިހެން ދަރިޔަކަށް ދިނުމެވެ.
ދަލީލު: ”ތިޔަބައިމީހުންގެ ދަރިންނާއި މެދު މާތް ﷲ ތިޔަބައިމީހުންނަށް އަންގަވައެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބައެއް ފިރިހެން ދަރިއަކަށްވެއެވެ.“

ފިރިހެން ދަރީގެ އަންހެން ދަރި
ފިރިހެންދަރީގެ އަންހެންދަރިންނަށް މުދާ ލިބޭނީ އަންހެން ދަރިންނަށް ލިބޭ ފަދައިން ނަސަބުގެ ގޮތުންނެވެ. ދެބައިމީހުންގެ މެދުގައި ހިމެނޭ އެއްގޮތްކަމަކީ ދަރިޔަކަށް ވުމެވެ. އަންހެން ދަރިޔަކަށް މުދާ ލިބޭނަމަ ފިރިހެން ދަރީގެ އަންހެންދަރިޔަކަށްވެސް މުދާ ލިބެންޖެހޭނެއެވެ. ނަސަބުގެ ގުޅުން މި އަންނަނީ ބައްޕަގެ ފަރާތުންނެވެ.
ދަރިން ތިއްބާ ކާފަ ދަރިޔަކަށް ނުވަތަ މާމަ ދަރިޔަކަށް މުދަލެއް ނުލިބޭނެއެވެ. ލިބޭނީ އެއްޗެއް ބާކީ ވާނަމަ ބާކީވާ ބައެވެ.
ފިރިހެން ދަރީގެ އަންހެން ދަރިޔަށް ވާރުތަ މުދާ ނުލިބޭ ޙާލަތު
حجب حرمان: މުދަލުން އެއްކޮށް މަޙްރޫމުވާ ޙާލަތު
ޝަރުތަކީ:
1. މަރުވިމީހާގެ ފިރހެން ދަރިން ނުވަތަ އޭނާއަށް ވުރެ ކައިރި ފިރިހެން ދަރީގެ ފިރިހެން ދަރިން ތިބުން ނުވަތަ
2. މަރުވިމީހާގެ ދެ އަންހެންދަރިން ތިބުން ނުވަތަ އޭނާއަށްވުރެ ކައިރި ފިރހެން ދަރިންގެ 2 އަންހެންދަރިން ތިބުން

ފިރިހެން ދަރީގެ އަންހެން ދަރިޔަށް ވާރުތަ މުދާ ލިބޭ ޙާލަތު
މުދަލުގެ ތިންބައި ކުޅަ ދެބައި ލިބޭ ޙާލަތު
ޝަރުތަކީ:
1. މަރުވިމީހާގެ ފިރހެން ދަރިން ނުވަތަ އޭނާއަށް ވުރެ ކައިރި ފިރިހެން ދަރީގެ ފިރިހެން ދަރިން ނެތުން ނުވަތަ
2. މަރުވިމީހާގެ އަންހެންދަރިޔަކު ނުވަތަ އޭނާއަށްވުރެ ކައިރި ފިރހެން ދަރީގެ އަންހެންދަރިޔަކު ނެތުން
3. ފިރިހެން ދަރިންގެ ދެ އަންހެން ދަރިން ނުވަތަ އެއަށްވުރެ ގިނައިން ތިބުން
4. އެމީހުންނާ އެކީ އެމީހުން ޢަޞަބާއަކަށް ހަދާނެ ފިރިހެނަކު ނެތުން

މުދަލުގެ ދެބައިކުޅަ އެއްބައި ލީބޭ ޙާލަތު
ޝަރުތަކީ:
1. މަރުވިމީހާގެ ފިރިހެން ދަރިން ނުވަތަ އޭނާއަށް ވުރެ ކައިރި ފިރހެންދަރީގެ ފިރިހެން ދަރިން ނެތުން ނުވަތަ
2. މަރުވިމީހާގެ އަންހެން ދަރިޔަކު ނުވަތަ އޭނާއަށް ވުރެ ކައިރި ފިރިހެން ދަރިންގެ އަންހެން ދަރިއަކު ނެތުން
3. ފިރހެން ދަރީގެ އެންމެ އަންހެން ދަރިއެއް ހުރުން
4. އޭނާ ޢަޞަބާއަކަށް ހަދާނެ ފިރިހެނަކު ނެތުން
عصبة بالغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ:
1. މަރުވިމީހާގެ ފިރިހެން ދަރިން ނުވަތަ އޭނާއަށް ވުރެ ކައިރި ފިރހެންދަރީގެ ފިރިހެން ދަރިން ނެތުން ނުވަތަ
2. އޭނާ ޢަޞަބާއަކަށް ހަދާނެ މީހަކު ހުރުން

މުދަލުގެ ހަބައިކުޅަ އެއްބައި ލިބޭ ޙާލަތު
އެއީ މުދަލުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރަންވެގެން ދެވޭ ބައެކެވެ.
1. މަރުވިމީހާގެ ފިރިހެން ދަރިން ނުވަތަ އޭނާއަށް ވުރެ ކައިރި ފިރހެންދަރީގެ ފިރިހެން ދަރިން ނެތުން ނުވަތަ
2. މަރުވިމީހާގެ ދެ އަންހެންދަރިން ތިބުން ނުވަތަ އޭނާއަށްވުރެ ކައިރި ފިރހެން ދަރިންގެ 2 އަންހެންދަރިން ނެތުން
3. އޭނާއަށް ވުރެ މައްޔިތާއާއި ކައިރި އަންހެން އެންމެ ދަރިއަކު ހުރުން
4. އޭނާ ޢަޞަބާއަކަށް ހަދާނެ މީހަކު ނެތުން

އެއްބަނޑު އެއް ބަފާ އުޚުތު
މުދާ ނުލިބޭ ޙާލަތްތައް
ފިރިހެން ދަރިން ތިބުން
ބައްޕަ ހުރުން
ކާފަ ހުރުން
މުދާ ލިބޭ ޙާލަތްތައް
މުދަލުގެ ދެބައި ކުޅަ އެއްބައި ލިބޭ ޙާލަތު
ޝަރުތަކީ:
• ފިރިހެން ދަރިޔަކު ނެތުން
• ބައްޕަ ނެތުން
• އުޚުތު އެކަނި ހުރުން
• އޭނާއާއި އެކީގައި ފިރިހެން އެއްބަނޑު އެއްބަފާ އަޚަކު ނެތުން
• އަންހެން ދަރިޔަކު ކިތަންމެ ދުރުކަމުގައިވިޔަސް ނެތުން
ދަލީލު:
يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ
”كلالة އާ މެދު ކަލޭގެފާނު އަރިހުން އެބައިމީހުން ފަތުވާއަށް އެދި ދަންނަވާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. كلالة އާމެދު ﷲ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައެވެ. އެމީހަކަށް ދަރިއަކު (ނުވަތަ ބަފައަކު) ނެތި އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ) އުޚުތަކު ޙާލު މީހަކު މަރުވެއްޖެނަމަ ފަހެ އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި އުޚުތަށެވެ.“
މުދަލުގެ ތިންބައިކުޅަ ދެބައި ލިބޭ ޙާލަތު
• ފިރިހެން ދަރިޔަކު ނެތުން
• ބައްޕަ ނެތުން
• ދެ އުޚުތުން ނުވަތަ އެއަށްވުރެ ގިނައިން ތިބުން
• އޭނާއާއިއެކީ ފިރިހެން އެއްބަނޑު އެއްބަފާ އަޚަކު ނެތުން
• އަންހެން ދަރިއަކު ކިތަންމެ ދުރުކަމުގައިވިޔަސް ނެތުން
ދަލީލު:
فإن كانتا اثنتين فلهما الثلثان مما ترك
”ދެ އުޚުތަކު ކަމުގައިވާނަމަ ފަހެ އެ ދެ އުޚުތުންނަށް ދުކުޅަ މުދަލުގެ ތިންބައިކުޅަ ދެބައެވެ.“
عصبة بالغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އެއްބަނޑު އެއްބަފާ އުޚުތުންނާއި އެކު އެއްބަނޑު އެއްބަފާ އަޚުން ތިބުން
ދަލީލު:
وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ
އަންހެން ފިރިހެން އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ބަޔަކު ކަމުގައި ވާނަމަ ދެ އަންހެނުންގެ ބައި ފަދަ ބައެއް ފިރިހެނަކަށެވެ.

عصبة مع الغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އަންހެންދަރިން ތިބުން
4. އުޚުތުންނާއި އެކީގައި އެމީހުން عصبة بالغير އަކަށް ހަދާނެ މީހަކު ނެތުން (އެއްބަނޑު އެއްބަފާ އަޚުން ނެތުން)
ދަލީލު:
اجعلوا الأخوات مع البنات عصبة
”އަންހެން ދަރިންނާއެކު އުޚުތުން ޢަޞަބާއަކަށް ހަދާށެވެ.“
صحيح البخاري

އެއްބަފާ އުޚުތު
މުދާ ނުލިބޭ ޙާލަތު
ފިރިހެން ދަރިޔަކު ހުރުން
ބައްޕަ ހުރުން
އެއްބަނޑު އެއްބަފާ ފިރިހެނުން ތިބުން
އެއްބަނޑު އެއްބަފާ އެއް އުޚުތަށްވުރެ ގިނައިން ތިބި ޙާލަތުގައި ޢަޞަބާއަކަށް ހަދާނެ ފިރިހެނަކު ނެތުން
އަންހެން ދަރިންނާއިއެކު އެއްބަނޑު އެއްބަފާ އުޚުތުން ތިބުން

މުދާ ލިބޭ ޙާލަތްތައް
މުދަލުގެ ދެބައިކުޅަ އެއްބައި ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އެއްބަނޑު އެއްބަފާ ފިރިހެނަކު ނެތުން
4. އެއްބަނޑު އެއްބަފާ އުޚުތަކު ނެތުން
5. އެއްބަފާ އުޚުތު އެކަނި ހުރުން
6. އެއްބަފާ އުޚުތު ޢަޞަބާއަކަށް ހަދާނެ އެއްބަފާ ފިރިހެނަކު ނެތުން
7. އަންހެން ދަރިޔަކު ކިތަންމެ ދުރުކަމުގައިވިޔަސް ނެތުން

މުދަލުގެ ތިންބައިކުޅަ ދެބައި ލިބޭ ޙާލަތު
• ފިރިހެން ދަރިޔަކު ނެތުން
• ބައްޕަ ނެތުން
• އެއްބަނޑު އެއްބަފާ ފިރިހެނަކު ނެތުން
• އެއްބަނޑު އެއްބަފާ އުޚުތަކު ނެތުން
• އަންހެންދަރިންނާއިއެކު އެއްބަނޑު އެއްބަފާ އުޚުތަކު ނެތުން
• 2 ނުވަތަ ދެއަކަށްވުރެ ގިނަ އެއްބަފާ އުޚުތުން ތިބުން
• އެއްބަފާ އުޚުތު ޢަޞަބާއަކަށް ހަދާނެ އެއްބަފާ ފިރިހެނަކު ނެތުން
މުދަލުގެ ހަބައިކުޅަ އެއްބައި ލިބޭ ޙާލަތު
އެއްބަނޑު އުޚުތަށް ހަބައިކުޅަ އެއްބައި ލިބެނީ އުޚުތުންނަށް ލިބެން ޖެހޭ ތިންބައިކުޅަ ދެބައި ފުރިހަމަ ކުރުމަށްޓަކައެވެ.
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އެއްބަނޑު އެއް ބަފާ ފިރިހެނަކު ނެތުން
4. އަންހެންދަރިންނާއިއެކު އެއްބަނޑު އެއްބަފާ އުޚުތުން ނެތުން
5. އެއް ބަނޑު އެއް ބަފާ އެއް އުޚުތަކު ހުރުން އަދި އެއަށްވުރެ ގިނައިން ނެތުން
6. އެއް ބަފާ އުޚުތު ޢަޞަބާއަކަށް ހަދާނެ ފިރިހެނަކު ނެތުން

عصبة بالغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އެއްބަނޑު އެއް ބަފާ ފިރިހެނަކު ނެތުން
4. އަންހެންދަރިންނާއިއެކު އެއްބަނޑު އެއްބަފާ އުޚުތުން ނެތުން
5. އެއް ބަފާ އުޚުތު ޢަޞަބާއަކަށް ހަދާނެ ފިރިހެނަކު ނެތުން

عصبة مع الغير ގެ ގޮތުގައި ބާކީ ލިބޭ ޙާލަތު
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އަންހެންދަރިން ތިބުން
4. އެއްބަނޑު އެއްބަފާ އުޚުތަކު ނެތުން
5. އެއްބަނޑު އެއްބަފާ އަޚަކު ނެތުން
6. އެއް ބަފާ އުޚުތުންނާއި އެކީގައި އެމީހުން عصبة بالغير އަކަށް ހަދާނެ މީހަކު ނެތުން (އެއްބަފާ އަޚުން ނެތުން)
7. ދަލީލު:
اجعلوا الأخوات مع البنات عصبة
”އަންހެން ދަރިންނާއެކު އުޚުތުން ޢަޞަބާއަކަށް ހަދާށެވެ.“
صحيح البخاري

އެއްބަނޑު މީހުން
އެއްބަނޑު އަޚާއި އެއްބަނޑު އުޚުތު ހިމެނެނީ މި ބައިގައެވެ.
އެއްބަނޑު މީހުން މުދަލުން މަޙްރޫމުވާ ޙާލަތަކީ:
• ފިރިހެން ޢަޞްލެއް ހުރުން
• ވާރުތަވާ ފަރުޢެއް ހުރުން. މިސާލަކަށް ފިރިހެން ދަރިއަކު ނުވަތަ އަންހެން ދަރިއަކު ނުވަތަ ފިރިހެން ދަރީގެ ދަރިން ފިރިހެން ފަޅިން ކިތަންމެ ދުރަށް ދިޔަކަމުގައިވިޔަސްމެއެވެ.
އެއްބަނޑު މީހުންނަށް މުދަލުގެ ހަބައިކުޅަ އެއްބައި ލިބޭ ޙާލަތު
• ފިރިހެން ޢަޞްލެއް ނެތުން
• ވާރުތަވާ ފަރުޢެއް ނެތުން
• އެއްބަނޑު އެކަކު ހުރުން. އެއީ އަންހެނަކު ކަމުގައި ވިޔަސް ފިރިހެނަކު ކަމުގައިވިޔަސް ތަފާތެއް ނެތެވެ.
އެއްބަނޑު މީހުންނަށް މުދަލުގެ ތިންބައިކުޅަ އެއްބައި ލިބޭ ޙާލަތު
• ފިރިހެން ޢަޞްލެއް ނެތުން
• ވާރުތަވާ ފަރުޢެއް ނެތުން
• ޝަރުތަކީ އެއްބަނޑު މީހުން ދޭއް ނުވަތަ ދޭކަށްވުރެ ގިނަވުމެވެ. އެއީ އަންހެނުން ކަމުގައިވިޔަސް ފިރިހެނުން ކަމުގައިވިޔަސް ނުވަތަ އަންހެނުންނާއި ފިރިހެނުން ކަމުގައިވިޔަސްމެއެވެ.
މާމަ
މާމައިންގެ ތެރޭގައި މަންމަގެ މަންމައާއި ބައްޕަގެ މަންމަވެސް ހިމެނިގެންދާނެއެވެ.
ޢިލްމުވެރިން ވާރުތަވާނެކަމަށް ވިދާޅުވާ މާމައަކީ صحيح މާމައެކެވެ. صحيح މާމައަކީ މަރުވި މީހާއާއި މާމައާއި ދެމެދަށް ޞަޙީޙު ނޫން ކާފައެއް މެދުވެރިނުވާ ކޮންމެ މާމައެކެވެ.
މާމައަށް ވާރުތަ މުދާ ލިބޭ ކަމުގެ ދަލީލު
قبيصة بن ذويب ގެ އަރިހުން ރިވާވެގެންވެއެވެ. މާމައަކު އަބޫބަކުރު ރަޟިޔަﷲ ޢަންހު އަރިހަށް އައިސް އެކަނބުލޭގެއަށް ވާ މީރާޘްއަށް އެދި ދެންނެވިއެވެ. އެކަލޭގެފާނު އެކަނބުލޭގެއަށް ވިދާޅުވިއެވެ. ކަނބުލޭގެއަކަށް ﷲ ގެ ފޮތުގައި އެއްވެސް އެއްޗެއް ނުވެއެވެ. އަދި ރަސޫލާ صلى الله عليه وسلم ސުންނަތުގައިވެސް އެއްވެސް އެއްޗެއް ނުވެމޭއެވެ. ފަހުން އަންނާށެވެ. ތިމަންކަލޭގެފާނު މީށްތަކުންކުރެން އޮޅުންފިލުއްވާ ހުށީމެވެ. އެކަލޭގެފާނު މީސްތަކުންނާ ސުވާލުކުރެއްވުމުން المغيرة بن شعبة رضي الله عنه ވިދާޅުވިއެވެ. ތިމަން ޙާޟިރުވެ އިން ތަނެއްގައި އެކަލޭގެފާނު މާމައަކަށް ހަބައިކުޅަ އެއްބައި ދެއްވިއެވެ.
އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކަލޭގެފާނާއިއެކު އެކަން ދަންނަ އެހެން މީހަކު ވޭތޯއެވެ؟ އެހިނދު محمد بن مسلمة رضي الله ތެދުވެ ވަޑައިގެން المغيرة بن شعبة رضي الله عنه ވިދާޅުވި ފަދައިން ވިދާޅުވިއެވެ. ދެން އެގޮތަށް އަބޫބަކުރު ރަޟިޔަﷲ ޢަންހު ގެ ފާނު ތަންފީޒުކުރެއްވިއެވެ.
މާމައަށް ލިބޭ މިންވަރު
މާމައަށް ހުރިހާ ޙާލަތެއްގައިވެސް ލިބޭނީ ⅙ އެވެ. މަންމަ ހުރިނަމަ އެއްވެސް މާމައަކަށް މުދަލެއް ނުލިބޭނެއެވެ. މަންމަ ފަރާތު މާމަ ކަމުގައިވިޔަސް، ބައްޕަ ފަރާތު މާމަ ކަމުގައިވިޔަސް މެއެވެ.
ކާފަ
ކާފައަށް މުދާ ލިބޭ ޙާލަތްތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
1. ކާފަ އާއި އެކު އެއް ބަނޑު އެއް ބަފާ ނުވަތަ އެއް ބަފާ ނުވަތަ އެ ދެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ނެތުން
2. ކާފައާއެކު އެއް ބަނޑު އެއް ބަފާ ނުވަތަ އެއް ބަފާ ނުވަތަ އެ ދެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ތިބުން

ކާފަ އާއި އެކު އެއް ބަނޑު އެއް ބަފާ ނުވަތަ އެއް ބަފާ ނުވަތަ އެ ދެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ނެތްނަމަ، ކާފައަށް މުދާ ލިބޭ ޙާލަތްތަކަކީ:
ތަރިކައިގެ ހަބައިކުޅަ އެއްބައި ލިބުން
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ހުރުން
2. ބައްޕަ ނެތުން

ތަރިކައިގެ ހަބައިކުޅަ އެއްބަޔާއި ބާކީ ލިބުން
ޝަރުތަކީ:
1. ފިރިހެން ދަރިއަކު ނެތުން
2. ބައްޕަ ނެތުން
3. އަންހެން ދަރިއަކު ހުރުން
ހަމައެކަނި ބާކީ ލިބުން
1. ދަރިއަކު ނެތުން
2. ބައްޕަ ނެތުން

الحجب
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ޙަޖަބު ނޭނގޭ މީހަކު ފަރާއިޟު ގެ ޢިލްމުގައި ފަތުވާދިނުމަކީ ޙަރާމްކަމެކެވެ. އެއީ ޙަޖަބު ނޭނގޭ ކަމުގައިވާނަމަ، ދޭންވާ މީހުންނަށް ނުދީ، ނުދޭން ވާ މީހުންނަށް ނުދީ ތަރިކަ ބެހުން ގަޑުބަޑު ކުރެވިދާނެތީއެވެ.

ޙަޖަބުގެ ތަޢުރީފު
ލުޢަވީ މާނަ: މަނާކުރުމެވެ.
އިޞްތިލާޙީ މާނަ: ވާރުތަވުމުގެ ސަބަބެއް މެދުވެރިވެފައިވާ މީހަކު ވާރުތަވުމުން މުޅިން މަނާކުރުން ނުވަތަ އޭނައަށް ލިބޭ އެންމެ ބޮޑު ބައި ވާރުތަވުމުން މަނާކުރުމެވެ.

ޙަޖަބު ބެހިގެންވާ ބައިތައް
ޙަޖަބު ދެބަޔަކަށް ބެހިގެންވެއެވެ.
حجب أوصاف
މިއީ މީހަކަށް ވާރުތަވުން މަނާކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމެވެ. އެއީ ޤަތުލާއި އަޅުވެތިކަމާއި ދީން ތަފާތުވުމެވެ.

حجب أشخاص
حجب أشخاص އަކީ މީހަކު މެދުވެރިވެގެން އޭނާ މުޅި މުދަލުން ނުވަތަ އޭނާއަށް ލިބޭ އެންމެ ގިނަ ބައިން ވާރުތަވުން މަނާކުރުމެވެ.
حجب أشخاص ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ:
حجب حرمان: މިއީ މީހަކު އެހެން މީހަކު ވާރުތަވުމުން މުޅިން މަޙްރޫމުކޮށްލުމެވެ. އެގޮތުން ހަ މީހުން ފިޔަވައި އެހެން ހުރިހާ އެންމެންވެސް ޙަޖަބު ޙިރުމާން ވާނެއެވެ. އެއީ:
މަންމަ، ބައްޕަ، އަންހެންދަރި، ފިރިހެންދަރި، އަނބިމީހާ އަދި ފިރިމީހާއެވެ.
حجب نقصان: މިއީ މީހަކަށް ލިބެންވާ އެންމެ ގިނަ ބައިން މަނާކުރުމެވެ. އޭގެ ހަތް ވައްތަރެއްވެއެވެ. އޭގެތެރެއިން ހަތަރު ވައްތަރު ހިމެނެނީ ބަދަލުވުމުގެ ސަބަބުން މަދުވާ މަދުވުމުގެ ތެރޭގައެވެ. އަދި އަނެއް ތިން ވައްތަރު ހިމެނެނީ ބައިބޯވުމުގެ ސަބަބުން މަދުވާ މަދުވުމުގެ ތެރޭގައެވެ.

ބަދަލުވުމުގެ ސަބަބުން حجب نقصان ވުން
1. އެއް ފަރުޟުން އެއަށްވުރެ ކުޑަ ފަރުޟަކަށް ބަދަލުވުން
2. އެއް ތަޢުޞީބުން އެއަށްވުރެ ކުޑަ ތަޢުޞީބަކަށް ބަދަލުވުން. މިސާލަކަށް އެއްބަފާ އުޚުތު عصبة مع الغير އިން عصبة بالغير އަށް ބަދަލުވުން
3. ތަޢުޞީބަކުން އެއަށްވުރެ ކުޑަ ފަރުޟަކަށް ބަދަލުވުން. މިސާލަކަށް ބައްޕަ އާއި ކާފަ ތަޢުޞީބުން ފަރުޟުން ލިބޭ ބަޔަކަށް ބަދަލުވުން

ބައިބޯވުމުގެ ސަބަބުން حجب نقصان ވުން
1. އެއް ފަރުޟެއްގައި ގިނަ މީހުން ބައިވެރިވުން. މިސާލަކަށް ގިނަ އަނބިން އެއް ފަރުޟެއްގައި ބައިވެރިވުން
2. ތަޢުޞީބުން ލިބޭ މީހުން ގިނަވުން. މިސާލަކަށް މުޅި މުދާ ނުވަތަ ބާކީވާ މުދާ ލިބިގަންނަން ގިނަ މީހުން ތިބުން
3. عول ގެ ސަބަބުން ބައިބޯވުން. މިސާލަކަށް عولވާ މައްސަލައެއްގައި ފަރުޟުން ލިބޭ މީހުން ގިނަވުން
حجب حرمان ގެ قاعدة ތައް
ފުރަތަމަ ޤާޢިދާ
(މެދުވެރިއެއް މެދުވެރިކޮށް ތިމާގެ ވާ ކޮންމެ މީހަކު އެ މެދުވެރިޔާ އެ މީހަކު ޙަޖަބުކުރާނެއެވެ.)
ހުރިހާ ޢިލްމުވެރިން އިޖުމާޢުވެ ލައްވައިފައިވާ ގޮތުގައި މިއިން އިސްތިސްނާވާނީ ހަމައެކަނި އެއް ބަނޑު މީހުންނެވެ. އެމީހުން އެމީހުންގެ މެދުވެރިޔަކަށްވާ މަންމަ ހުރި ކަމުގައި ވިޔަސް ޙަޖަބެއް ނުވާނެއެވެ. މަންމައާއި އެކު މުދާ ލިބޭނެއެވެ. އަދި ބައްޕަގެ މަންމަވެސް ބައްޕައާއި އެކުގައި ހަބައިކުޅަ އެއްބައި ލިބި ގަންނާނެއެވެ.

ދެވަނަ ޤާޢިދާ
ދެ ޢާޞިބުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކީގައި ތިބިނަމަ އެމީހަކީ ދުރުމީހެއްކަމުގައިވިޔަސް އެމީހެއްގެ جهة އިސްނަމަ އަނެއް މީހާ ކައިރި ކަމުގައިވިޔަސް އެމީހެއްގެ جهة ދުރުމީހާއަށްވުރެ އިސްކުރެވޭނެއެވެ.

ތިންވަނަ ޤާޢިދާ
އަޞްލެއް ޙަޖުބުކުރެވޭނީ ހަމައެކަނި އަޞްލަކަށެވެ. އަދި ފަރުޢެއް ޙަޖުބުކުރެވޭނީ ހަމައެކަނި ފަރުޢަކަށެވެ. އަސްލާއި ފަރުޢުވެގެން ޙަވާޝީ ޙަޖަބުކުރާނެއެވެ.
باب الجد و الأخوة
މި ތަނުގައި الجد އޭ މި ބުނެވެނީ ބައްޕަގެ ބައްޕަ (ކާފަ)އަށެވެ. މި ތަނުގައި إخوة އޭ މި ބުނެވެނީ އެއްބަނޑު އެއްބަފާ މީހުންނާއި އެއް ބަފާ މީހުންނަށެވެ.
ކާފައަށް ވާރުތަ މުދަލުން ލިބޭނެ ކަމުގެ ދަލީލު
رُوِيَ عَنْ الْحَسَنِ أَنَّ عُمَرَ – رَضِيَ اللَّهُ عَنْهُ – قَالَ: «أَيُّكُمْ يَعْلَمُ مَا وَرَّثَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – الْجَدَّ؟ فَقَالَ مَعْقِلُ بْنُ يَسَارٍ: أَنَا، وَرَّثَهُ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – السُّدُسَ
رواه أبو داود (صحيح)
ޢިލްމުވެރިން އިޖުމާޢު ވެލައްވައިފައިވާ ގޮތުގައި އަންނަނިވި ޙާލަތްތައް ފިޔަވާ ކާފައަށް ވާރުތަވުމުގައާއި ޙަޖުބުކުރުމުގައި ބައްޕަގެ މަޤާމު ލިބިގެންވެއެވެ.
1. ފިރިމީހާ އާއި މަންމަ އާއި ބައްޕަ
2. އަނބިމީހާ އާއި މަންމަ އާއި ބައްޕަ
އެ ބޭފުޅުން ވިދާޅުވާގޮތުގައި މި ތަނުގައި ބައްޕަގެ ބަދަލުގައި ކާފަ ހުރިނަމަ މަންމައަށް ބާކީގެ ތިންބައިކުޅަ އެއްބައި ގެ ބަދަލުގައި މުޅި މުދަލުގެ ތިން ބައި ކުޅަ އެއްބައި ލިބޭނެއެވެ.
3. އެ ބޭފުޅުން، ކާފަ ހުރިނަމަ އެއްބަނޑު އެއްބަފާ އަދި އެއްބަފާ އަޚުންނާއި އުޚުތުންނަށް މުދާ ލިބުމާއިމެދު ދެބަސްވެލައްވައެވެ.

މައްސަލައިގެ އަޞްލު ހޯދުން
މިހާތަނަށް ވާނީ މީހުންނަށް ލިބޭ ފަރުޟުތައް ބަޔާންކުރެވިފައެވެ. އަދި އެ ފަރުޟުތައް ޙައްޤުވާމީހުންނާއި އަދި އޭގެ ޝަރުތުތައްވެސް ވާނީ ތަފްޞީލުކޮށް ބަޔާންކުރެވިފައެވެ.
الفروض المقدرة في القرآن (ކީރިތި ޤުރުއާނުގައި ކަނޑައެޅިފައިވާ މިންވަރުތައް) ހައެކެވެ. އެއީ:
1- النصف. 1/2
2- الرُّبع. 1/4
3- الثُّمن. 1/8
4- الثلثان. 2/3
5- الثلث. 1/3
6- السدس. 1/6
أصل كل مسألة يختلف باختلاف الورثة كما يلي:
1- إن كان الورثة كلهم عصبة فقط، فأصل المسألة من عدد رؤوسهم، فإن كان معهم نساء فللذكر مثل حظ الأنثيين.
فمن مات عن ابن، وبنت فالمسألة من عدد رؤسهم ثلاثة: للابن اثنان، وللبنت واحد.
2- إن كان في المسالة صاحب فرض واحد وعصبة، فأصلها من مخرج ذلك الفرض.
كمن مات عن زوجة، وابن المسألة من ثمانية: للزوجة الثمن واحد، والباقي للابن تعصيباً.
3- إن كان في المسألة أصحاب فروض فقط، أو معهم عصبة، فإنه ينظر بين مخرج الفروض بالنسب الأربع المماثلة، والمداخلة، والموافقة، والمباينة والناتج يكون أصلاً للمسألة.
والفروض هي: النصف، والربع، والثمن، والثلث، والثلثان، والسدس.
فالمتماثلان يكتفى بأحدهما مثل (1/ 2، 1/ 2).
والمتداخلان يكتفى بأكبرهما مثل (1/ 6، 1/ 3).
والمتوافقان يضرب وفق أحدهما في كامل الآخر مثل (1/ 8،1/ 6).
والمتباينان يضرب أحدهما في الآخر مثل (1/ 3،1/ 4).. وهكذا.
العول
ބަހުގެ ގޮތުން عول އަކީ އިތުރުވުން، އުފުލުން، އެއްފަރާތަށް އަރިވުން އަދި އަނިޔާވެރިވުމެވެ.
އިސްތިލާޙުގައި އެއީ މައްސަލައެއްގެ އަސްލަށްވުރެ ހިއްސާތައް އިތުރުވެ ވާރުތަވެރިންނަށް ލިބޭ މިންވަރު މަދުވުމެވެ.
https://www.islamweb.net/ar/fatwa/177043

التصحيح
މައްސަލައެއްގައި ފަރުޟުންވިޔަސް އަދި ތަޢުޞީބުންވިޔަސް ލިބޭ ކޮންމެ މީހަކަށްވެސް އެ މީހަކަށް ލިބޭ ބައި ފުރިހަމަ އަދަދަކުން ދެވެންވާނެއެވެ. އޭގައި ބައިކުޅަބައެއް ހިމެނިގެންނުވާނެއެވެ. ބައި ކުޅަ ބައެއް ހިމެނޭނަމަ އެ ޢަދަދު ފުރިހަމަ ޢަދަދަކަށް ހަދަންޖެހެއެވެ. އެކަމަށް މިކިޔަނީ تصحيح ކުރުމެވެ.
ކުރިން ބަޔާންވެދިޔަ ގޮތަށް މައްސަލަ ހަދައި ނިމޭއިރު ލިބެންވާ ބައިތަކަކީ ފަހަރެއްގައި އެކަކަށް ލިބޭ ބަޔަކަށްވެސް ވެދާނެއެވެ. ގިނަ މީހުންނަށް ލިބޭ ބަޔަކަށްވެސް ވެދާނެއެވެ. ގިނަމީހުންނަށް ލިބޭ ބައެއްނަމަ، އެބައިމީހުންގެ މައްޗަށް އެއްވެސް ކަސްރަކާއިނުލާ ބަހައިލެވިދާނެއެވެ. އަދި ނުބެހިވެސް ދާނެއެވެ. ދެވަނަ ޙާލަތުގައި ކަސްރަކާއިނުލާ ބެހޭނެގޮތް ހެދުމަށްކިޔަނީ تصحيح ކުރުމެވެ.
ކަސްރު ހިމެނޭ ބައިތަކާއި ގުޅިގެން މައްސަލަތަކުގެ އަސްލު ހަތަރު ބަޔަކަށް ބަހާލެވިދާނެއެވެ.
1. އެންމެ ބަޔަކަށް ކަސްރު ވަންނަނަމަ އަސްލު އެއީ 2 އެވެ.
2. ދެ ބަޔަށް ކަސްރު ވަންނަނަމަ އަސްލު އެއީ 3 އާއި 4 އާއި 8އެވެ.
3. ތިން ބަޔަށް ކަސްރު ވަންނަނަމަ އަސްލު އެއީ6 އެވެ.
4. ހަތަރު ބަޔަށް ކަސްރު ވަންނަނަމަ އަސްލު އެއީ 12 އާއި 24 އެވެ.
1