ނަޞޭޙަތާއި އިރުޝާދު
ރާއްޖޭގައި ޚިތާނުކުރުމުގެ މޫސުން ތެރޭގައި ހިންގޭބައެއް މުންކަރާތްތައް

ރާއްޖޭގައި ޚިތާނުކުރުމުގެ މޫސުން ތެރޭގައި ހިންގާބައެއް މުންކަރާތްތަށް އައްޝެއިޚް ޒަމްޒަމް ފާރިޝް ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ މުންކަރާތްތަކަކީ:

1- މިއުޒިކް ކުޅުން

2- ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުން

3- ފަރުޟު އަޅުކަންތަކަށް އިޙުމާލުވުން

4- އަވަށްޓެރިންނަށް ތުރާވާވަރަށް އަޑުގަދަކުރުން

5- ވަގުތާއި ފައިސާ އިސްރާފުކުރުން

6- ދަންވަރު ހޭލާ ކުޅިވަރުގައި ޤާފިލުވުން

އަޅުގަނޑުމެން މި އިސްލާމީ މުޖުތަމަޢުން ފެނިގެންދާން ނުޖެހޭ މި މުންކަރާތްތަށް ހިންގުމުގައި އާއިލީ މެންބަރުން އަވަދިނެތި އުޅެމުންދާއިރު، ބައެއްފަހަރު  އާއިލީ މެމްބަރުން އެއްތަނެއްގައި ތިބެ ބަލަންނުވާ އެތަށް މަންޒަރުތަކާއި ކަންތައްތައް ބަލަމުންދާކަންވެސް ފާހަގަކޮށްލަމެވެ.

މިފަދަ މުންކަރާތްތަށް ނުހިމަނާވެސް އާއިލާމެދުގައި އުފާފާޅުކުރެވިދާނެކަން ފާހަގަކޮށްލަމެވެ. އަދި އަޅުގަނޑުމެން މުސްލިމުންކަމަށް ވީހިދު ކުރާކޮންކަމެއްވެސް އިސްލާމްދީނުގައި އަންގަވާފައިވާ މިންގަޑުގައި ހިފެހެއްޓައިގެން ކުރިއަށް ދެވޭތޯ މަސައްކަތްކުރަންވާނެއެވެ.

331
  1. ރަނގަޅު

    ވަރަށް ރަނގަޅުވީސް ކުރެވިދާނެ ކަންކަންވެސް ހިމަނާލެއްވިނަމަ. މުންކަރާތްތައް ޢާއްމު ވެފައިވާ ޒަމާނެއްގައި ކުރެވޭނެ ކަންކަން ނޭގޭ މީހުންނަށް އެންގުމަށްޓަކައި.