ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ވިޔަފާރީގައި ކާމިޔާބު ހޯދާނެ ފޯމިއުލާ

އެއްދުވަހަކު ޢުޘްމާނުގެފާނާ ސުވާލުކުރެވުނެވެ.

” އޭ ޢަމީރުލް މުއުމިނީން އެވެ. މަދީނާއަށް ހިޖުރަކުރެއްވި އިރު، އެހެން މުހާޖިރުންނެކޭ އެއްފަދައިން ކަލޭގެފާނުވެސް ވީ ފަޤީރެއްކަމުގައެވެ. އެހެން ނަމަވެސް މިއަދު މުހާޖިރުންގެ ތެރެއިން އެންމެ ތަނަވަސް ބޭކަލަކީ ކަލޭގެފާނެވެ. ވިޔަފާރީގައި ތިޔަފަދަ ކާމިޔާބީއެއް ހޯއްދެވީ ކިހިނަކުންތޯއެވެ. ” އެހިނދު ޢުޘްމާނުގެފާނު ޖަވާބުދެއްވިއެވެ.

“كنت أعالح”

ވިޔަފާރީގައި ބައެއް ފަހަރު ގެއްލުން ލިބުނަސް، ކެތްތެރިކަމާއި ހިއްމަތާއެކު ބުރަ މަސައްކަތްކުރީމެވެ.

“وأنمي”

އަދި ލިބޭ ސާފު ފައިދާއިން ބޮޑު ބައެއް އިންވެސްޓްކުރަމުން ގެންދިޔައީމެވެ.

“ولا أزدري”

އަދި ކިތަންމެ ކުޑަ ފައިދާއެއް ލިބުނަސް އެ މިންވަރާމެދު ނުރުހި ނުހަދަމެވެ.

“ولا أشتري شيخا”

އަދި އޭގެ މުސްތަޤްބަލެއް ނެތްކަން ޔަޤީންވާ މުދާ ނުގަނެ ދޫކޮށްލަމެވެ.

“ولا أجعل الرأس رأسين”

އަދި ހަމައެކަނި އެންމެ ދާއިރާއަކުން އިންވެސްޓް ކުރުމުގެ ބަދަލުގައި، ހެޔޮވަރު ގޮތެއްގައި ޑައިވާސިފައިކުރީމެވެ.

މިއީ عثمان بن عفان ގެ ދޫފުޅުން އައިސްފައިވާ ވިޔަފާރީގައި ކާމިޔާބު ހޯދާނެގޮތްތަކެވެ.

 

Source:
الشيخ محمد الحسن الددو الشنقيطي -حفظه الله –

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top