ޕްރިންސެސް ނޫރާ ބިންތް އަބްދުލް ރަހްމާން ޔުނިވަރސިޓީ، جامعة الأميرة نورة بنت عبد الرحمن އަކީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟް ގައި ހުންނަ އަންހެނުންނަށް ޚާއްސަ ޔުނިވަރސިޓީއެކެވެ. މިއީ ދުނިޔޭގައި ހުރި އަންހެނުންނަށް ޚާއްސަ އެންމެ ބޮޑު ޔުނިވަރސިޓީއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ގައި ހުންނަ އެންމެ ބޮޑު ޔުނިވަރސިޓީވެސް މެއެވެ.
މިޔުނިވަރސިޓީއިން ޑިޕްލޮމާ، ބެޗެލަރސް އަދި ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ކޯސްތައް ހިންގައެވެ. ރިޔާޟް އާއި ކައިރި އެހެނިހެން ސިޓީތަކުގައި ހުންނަ ޔުނިވަރސިޓީގެ 34 ކޮލެޖެއްގައި 60000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ. މި ޔުނިވަރސިޓީއިން އަންޑަރ ގްރެޖުއޭޓް ދަރިވަރުން ކިޔެވުމަށް ތައްޔާރު ކުރުވުމުގެ ގޮތުން އެއްއަހަރުގެ ޕްރޮގްރާމެއް ހިންގައެވެ. ޔުނިވަރސިޓީއިން ހިންގާ ޑީންޝިޕް އޮފް ކޮމިއުނިޓީ ސަރވިސް އެންޑް ކޮންޓީނިއަސް އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ އިތުރުން ޢަރަބި ބަސް ނޭނގޭ ދަރިވަރުންނަށް އުނގަންނައިދިނުމަށް ޢަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓަކާއި، ކޮމިއުނިޓީ ކޮލެޖެއްގެ ޚިދުމަތް ވެސް ދަރިވަރުންނަށް ލިބެއެވެ. މި ޔުނިވަރސިޓީގައި 5000 އަށް
ވުރެ ގިނަ އެކަޑެމިކް އަދި އިދާރީ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.
ނޫރާ ޔުނިވަރސިޓީ، އެ ކަނބަލަކަށް ނިސްބަތްވާ ނޫރާ
އަކީ ހިޖާޒުކަރައާއި ނަޖުދުކަރައިގެ ސަހަރުތަކާއި އަވަށްތައް ފަތަޙަކުރައްވަމުންގޮސް ސަޢުދީ ޢަރަބިއްޔާ ދައުލަތެއްގެ ގޮތުގައި އެކުލަވާލެއްވި މުއައްސިސް ކިންގް ޢަބްދުލް ޢަޒީޒުގެ އެއްބަނޑު އެއްބަފާ އުޚުތެކެވެ. ތިރީގައި މި ގެނެސްދެނީ ނޫރާގެ ބައެއް މަޢުލޫމާތެވެ.
ނޫރާ – ސަޢުދީ ޢަރަބިއްޔާގެ އެންމެ ފުރަތަމަ މަހާރެހެންދި
ފުރިހަމަ ނަން: نورة بنت عبد الرحمن بن فيصل آل سعود
އުފަންވެ ވަޑައިގަތީ: 1875މ.
އަވަހާރަވެ ވަޑައިގަތީ:1950މ.
ފިރިކަލުން:
سعود الكبير بن عبد العزيز بن سعود آل سعود
ޚާއްސަ ސިފަތައް:
– ޢިލްމުވެރިކަން
– ތޫނުފިލިކަން
– ހިތްވަރުގަދަކަން
– ތަޤްވާވެރިކަން
– އޯގާތެރިކަން
މަސްއޫލިއްޔަތުތައް:
– ޤައުމަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ އަނބިއަނބި ކަނބަލުންނަށް މެހެމާންދާރީ އަދާކުރެއްވުން
– ރަސްގެފާނުގެ ޕާސަނަލް ސެކްރެޓަރީ ގެ މަސްއޫލިއްޔަތުތައް
– ގަނޑުވަރުތެރޭގެ އެންމެހާ ކަންކަން ވިލަރެސް ކުރެއްވުން
– ޢާއްމުންގެ ޙާލަތު ބެއްލެވުން
ޔުނިވާރސިޓީގެ ބައެއް މަންޒަރުތަށް: