ޚަބަރު
އަނެކާގެ ހިތުގައި، ތިބާއާއި ދޭތެރޭ ވާ ލޯބި އިތުރުކުރަން އެދޭނަމަ ކުރަންވީ 3ކަމެއް: ޝެއިޚް ޢަބުދުﷲ ސަޢުދާން

އަނެކާގެ ހިތުގައި، ތިބާއާއި ދޭތެރޭ ވާ ލޯބި އިތުރުކުރަން އެދޭނަމަ ކުރަންވީ 3ކަމެއް ޝެއިޚް ޢަބުދުﷲ ސައުދާން ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެންވިދާޅުވީ ޝެއިޚުގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް އިތުރަށް ލިޔުއްވާފައިވަނީ އަނެކާގެ ހިތުގައި، ތިބާއާއި ދޭތެރޭ ވާ ލޯބި އިތުރުކުރަން އެދޭނަމަ:

1- އޯގާތެރިވެ، އަޅާލާށެވެ.

2- ތެދުވެރިވެ، އިޚްލާސްތެރި ވާށެވެ.

3- ހަމްދަރުދީވެ، ވަފާތެރިވާށެވެ.

މިސިފަތަށް އަހަރެމެންގެ މުޖުމަތަޢުގެ އަޚުންނާއި އުޚުންތުން މެދުގައި އަށަގެންފިނަމަ މި މުޖުތަމަޢަކީ ހެޔޮލަފާ އެކުވެރި އެއްބައިވަންތަ މުޖުތަމަޢަކަށް ވެގެންދާނެއެވެ. އެހެންކަމުން އަހަރަމެންގެ މި ކުޑަ މުޖުތަމަޢުގެ އަފުރާދުންގެ ހިތްތަކުގައި މި ކަންކަން ހަރުލެއްވުމަކީ ވަރަށްވެސް މުޙިއްމު އަދި ބޭނުންތެރިކަމެކެވެ.

Aneka hithugai, thiba aa dheytherey vaa loabi ithuru kuran edheynama:1) Orgaatherive, Alhaalaasheve.2) Thedhuverive, Ihulaastheri vaasheve. 3) Hamdharudheeve, Vafaatheri vaasheve.

Posted by Shaikh Abdullah Saudhan Bin Abdul Wahhab Abdullah on Wednesday, December 12, 2018

 

77