ﷲ ވަޙީކުރެއްވިއެވެ.
(وَعَاشِرُوهُنَّ بِالْمَعْرُوفِ) [النساء 19]
މާނައީ: ” އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”
އަދިވެސް ވަޙީކުރެއްވިއެވެ.
(وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) [البقرة 228]
މާނައީ: ” އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ.”
އަނބިންނަށްޓަކައި ފިރިންގެ މައްޗަށް ވާޖިބުވާ ޙައްޤު ތަކަކީ ކޮބައިތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“ أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ وَلاَ تَضْرِبْ الْوَجْهَ وَلاَ تُقَبِّحْ وَلاَ تَهْجُرْ إِلاَّ فِي الْبَيْتِ” (އަބޫދާއޫދު 2128)
“އެއީ ތިބާ ކައިގެން ހުރިނަމަ އޭނާއަށްވެސް ކާން ދިނުމެވެ. އަދި ތިބާ ފޭރާންލާ ނިވާވެގެން ހުރިނަމަ އޭނާވެސް ނިވައިކޮށްދިނުމެވެ. އަދި އެކަނބަލުންގެ މޫނުގައި ނުޖަހާށެވެ. އަދި އެކަނބަލުންނަށް ހަޑިހުތުރު އެއްޗެތި ނުކިޔާށެވެ. އަދި ގޭގައި އުޅޭއިރު މެނުވީ އެކަނބަލުންނާއި ވަކިނުވާށެވެ. ނުވަތަ އެކަނބަލުން އެހެން ގެއަކަށް ނުފޮނުވާށެވެ”. މިއެވެ.