ފަތިސް ނަމާދުކުރުމަށްފަހު އެމީހާ ނަމާދުކުރަން އިން ތަނުން ނުތެދުވެ،އަދި މީހަކާ ވާހަކަ ދެއްކުމުގެ ކުރިން ‘لا إله إلا الله وحده لاشريك له له الملك وله الحمد يحيي ويميت وهو على كل شيء قدير’ ދިހަ ފަހަރު ކިޔައިފިނަމަ، އެމީހަކަށް ދިހަ ހެޔޮކަން ލިޔުއްވޭ ހުއްޓެވެ. އަދި އޭނާގެ ދިހަ ފާފަ ފުއްސެވޭ ހުއްޓެވެ. އަދި (އަޖުރުގެ ގޮތުން) އޭނާއަށް ދިހަ ދަރަޖަ އުފުލިގެންދާނެއެވެ. އަދި ހުރިހާ ބާވަތެއްގެ ގެއްލުމަކުން ނުވަތަ މުޞީބާތަކުން އޭނާ މުޅި އެ ދުވަހު ސަލާމަތްވެގެން ދާނެއެވެ. އަދި ޝައިތާނާ ގެ ކިބައިން އޭނާ ރައްކާތެރިކުރެއްވޭނެއެވެ. އަދި ﷲއަށް ޝިރުކުކުރުން ފިޔަވައި އެހެން ފާފައެއް އޭނާގެ މައްޗަށް ގަދަވެ ގަނެ، އޭނާގެ ހެޔޮ ޢަމަލުތައް ބާތިލް ކޮށް ނުލެވޭ ހުއްޓެވެ.