ނަޞޭޙަތާއި އިރުޝާދު
ދިރިއުޅުމުގައި ލިބޭ އެންމެ މުޙިއްމު ތަކެއްޗަކީ ”ހިލޭ“ ލިބޭ ތަކެތި : އައްޝެއިޚް ޢަބުދުﷲ ސައުދާން

ދިރިއުޅުމުގައި ލިބޭ އެންމެ މުޙިއްމު ތަކެއްޗަކީ ”ހިލޭ“ ލިބޭ ތަކެތި ކަމުގައި އައްޝެއިޚް ޢަބުދުﷲ ސައުދާން ވިދާޅުވެއްޖެވެ.

ޝެއިޚް މިކަން ހާމަކޮށްފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ހިލޭ ލިބޭ ތަކެތީގެ ގޮތުގައި ހާމަކޮށްފައިވަނީ ”އާއިލާ އާއި، ރައްޓެހިންނާއި، ތިމާގެ މީހުންނާއި، ހިނިތުންވުމާއި، އުފާވެރިކަމާއި، ލޯއްބާއި، އަޅާލުމާއި، އޯގާތެރިކަމެވެ.“ އަދި އިތުރަށް ލިޔުއްވާފައިވަނީ ”ވީމާ، ހަޤީޤަތުގައި ތިބާ ތިވަނީ މުއްސަދިވެގެންވާ ހާލުގައެވެ.“

އިންސާނުން ވެފައިވަނީ އަބަދު ނިޢުމަތްތަކަށް އެދިއެދި ތިބޭ ބަޔަކެވެ. އަދި ކޮންމެ މީހަކުވެސް ބަލަނީ އެކަކު އަނެކަކަށްވުރެ ނިއުމަތްތަކާއި ކަންކަން އިތުރުވެ ފުރިހަމަ ވުމަށެވެ. އިންސާނާއަށް ލިބިފައިވާ ނިޢުމަތްތަކާއި މެދު ހިތްހަމަޖެހި ޝުކުރުވެރިވަނީ މަދުބަޔެކެވެ.

https://www.facebook.com/permalink.php?story_fbid=1144323015716016&id=798202483661406

0