ޚަބަރު
ފައިދިގުމަކުނުން ލިބިދޭ ބައެއް ޢިބްރަތްތައް

އެންމެންވެސް ކާމިޔާބު ބޭނުންވެއެވެ. ކާމިޔާބު ހޯދަން އެކިމީހުން މަސައްކަތްކުރަނީ އެކިގޮތަށެވެ. ކޮންމެ ދާއިރާއަކުން ކާމިޔާބު ހޯދައިފައިވާ މީހުންގެ ފަތިފުށަށް ބަލާލުމުން އެއްކަމެއް ހާމަވެއެވެ. އެއީ އެންމެންވެސް މައިގަނޑު 4 އާދައެއް ގެންގުޅުމެވެ. މިކަމުގައި ހައިރާންކުރުވާ އިތުރުކަމެއްވެސް އެކުލެވިފައިވެއެވެ.

އެއީ މިހަތަރު ސިފައަކީ ފައިދިގުމަކުނުފަދަ ކުދިކުދި ސޫފިތައްވެސް ގެންގުޅޭ ހަތަރު ސިފައަށްވުމެވެ. ފައިދިގުމަކުނު ވެބް ވިޔުމުން ލިބިދޭ ޢިބްރަތްތަކަށް ބަލާލާ ލިޔެފައިވާ މި ލިޔުމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.

ފައިދިގުމަކުނު ވެބް ވިޔުމުގައި ވަރަށް ގިނަ ޢިބްރަތްތަކެއްވެއެވެ. އެއީ
1- ލަސްލަހުން ފަރުވާތެރިކަމާއެކު މަސައްކަތްކުރަމުން ގެންދިޔުން.
2- ހުއްޓުމެއްނެތި، މަސައްކަތްކުރުމުގައި ދެމިހުރުން.
3- އަމާޒަށް ވާސިލުކޮށްދޭ ފަދަ މަސައްކަތްތައް ކުރުމާއި، ރޭވުންތެރިކަމާއިއެކު ތަރުތީބުން މަސައްކަތްތައް ކުރަމުން ގެންދިޔުން.
4- މަރުހަލާއަކަށްފަހު، މަރުހަލާއެއް ކަޑައްތު ކުރަމުން ގެންދިޔުން.

3