ނަޞޭޙަތާއި އިރުޝާދު
އަންހެން ވާރުތަވެރިންނާއި ފިރިހެން ވާރުތަވެރިން

ވާރުތަވެރިން 2 ބަޔަކަށް ބެހިގެންވެއެވެ. އެއީ އަންހެން ވާރުތަވެރިންނާއި ފިރިހެން ވާރުތަވެރިންނެވެ.

ފިރިހެން ވާރުތަވެރިން:  ވާރުތަ މުދާ ބެހޭ އަދަދަކީ 15 އެވެ.
• ފިރިހެން ދަރިން
• ފިރިހެން ދަރިންގެ ފިރިހެންދަރިން (ކިތައްމެ ދުރުވިޔަސް)
• ބައްޕަ
• އެއްބަނޑު އެއްބަފާ ފިރިހެނުން
• އެއްބަފާ ފިރިހެނުން
• އެއްބަންޑު ފިރިހެނުން
• އެއްބަނޑު އެއްބަފާ ފިރިހެނުންގެ ފިރިހެން ދަރިން (ކިތަންމެ ދުރުވިޔަސް)
• އެއްބަފާ ފިރިހެނުންގެ ފިރިހެން ދަރިން (ކިތަންމެ ދުރުވިޔަސް)
• އެއްބަނޑު އެއްބަފާ ބޮޑުބޭބެ
• އެއްބަފާ ބޮޑު ބޭބެ
• އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރިން (ކިތަންމެ ދުރުވިޔަސް)
• އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރިން (ކިތަންމެ ދުރުވިޔަސް)
• ފިރިމީހާ
• މުޢުތިޤު އަޅުމިނިވަންކުރި ސާހިބާ؛ އަޅު މިނިވަން ކުރި ސާހިބާގެ عصبة ގެ ގޮތުގައި ވާރުތަވާ ވާރުތަ ވެރިން ތަރުތީބުން

އަންހެން ވާރުތަވެރިން
ޢިލްމުވެރިން އިއްތިފާޤު ވެލައްވާފައިވާ 10 މީހުންނަކީ އެއީ:
• އަންހެން ދަރިން
• ފިރިހެން ދަރިންގެ އަންހެން ދަރިން (އެމިހުންގެ ބައްޕަ ކިތަންމެ ދުރުވިޔަސް)
• މަންމަ
• މަންމަގެ މަންމަ (ކިތަންމެ ދުރުވިޔަސް)
• ބައްޕަގެ މަންމަ (ކިތަންމެ ދުރުވިޔަސް)
• އެއްބަނޑު އެއްބަފާ އަންހެނުން
• އެއްބަފާ އަންހެނުން
• އެއްބަނޑު އަންހެނުން
• އަނބިމީހާ
• معتف (މުޢުތިޤު) އަޅު މިނިވަން ކުރި އަންހެނާ އާއި އޭނާގެ عصبة އިން ވާރުތަވެރިން

 

 

1