ނަޞޭޙަތާއި އިރުޝާދު
ކަރަޕްޝަންގެ އަލާމާތެއް!

ކަރަޕްޝަންގެ ބަލީގެ އަލާމާތެއްގެ ގޮތުގައި ޝެއިޚް މުޙައްމަދު ތޮއްޔިބު ސިފަކުރައްވާ ލިޔުއްވާފައިވާ ފޭސްބުކު ޕޯސްޓެއްގައި ވަނީ ”މިވެނި މިނިސްޓަރަކީ ޔޫ (ކަލޭގެ) ރައްޓެއްސެއް ދޯ! ތިމާގެމީހެއް ދޯ! ސޯ (އެހެންކަމުން) ކަންކަން ވަރަށް ފަސޭހަ ވާނެއެހެންނު“ މިފަދައިން ނުބުނާށެވެ. މިއީ ކަރަޕްޝަންގެ އަލާމާތެއް!

ސަރުކާރުގެ މުއައއަސާތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޚިދުމަތް ލިބިގަތުމުގައި ފަސޭހާގޮތް ހޯދުމުގެ ގޮތުން ގާތްރައްޓެހިން ބޭނުންކޮށްގެން އުސޫލުން ބޭރުން ކުރެވޭ ކޮންމެ ކަމަކީވެސް ކަރަޕްޝަންގެ އަމަލެކެވެ.  ޚިދުމަތްދިނުމުގައި ޤާއިމްކުރެވިފައިވާ އުސޫލުތަކާއި ޚިލާފަށް ކަންކަން ކުރުމާއި ކުރުވުން އާންމު ވާނަމަ އެތަނެއްގައި އޮންނަ އިޖުތިމާޢީ އަދާލަތު ގެއްލިދާނެއެވެ.

 

"miveni minister aki you ge frind dhw! thimaa ge meeheh dhw! so kan kan v faseyha vaane nun." mifadhain nubunaasheve! miee #corruption baleege alamaathe!

Posted by Muhammad Thoyyib on Sunday, November 18, 2018

0